ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ، ސ. ހިތަދޫ، ހިޔާލާގެ، ޢަލީ އިބްރާހީމް،34، އާއި ސ. ފޭދޫ، ނޫރާނީގެ، ޙުސައިން ޝަހީން ޞާދިގު،23، އާއި ސ. ހިތަދޫ، ފުއްކަފަގެ، އަޙްމަދު ހުޝާމް،26، ހޯދުމަށެވެ.

ފުލުހުން ބުނީ އެ މީހުން ހޯދަނީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ އެ ތިން މީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9796240 އަށް ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.