19 Jun 2016, 09:55
ބޭނުންވާނެ ތަކެތި:
- 100ގ ޗީޒް (ޗީޒް ޕެކެޓެއް ވެސް ރަނގަޅު ވާނެ)
- 2 ކިއުކަމްބާ (ތުނިކޮށް ފޮތިކޮށްފައި)
- ބީފް (ކުދިކޮށް ކޮށާފައި)
- ޕާނެއް
- 3 މޭޒުމަތީ ސަމުސާ ބަޓަރު
- ލެޓިއުސް ފަތް (އެހެން ފަތެއްވެސް ބޭނުންކުރެވިދާނެ)
ތައްޔާރު ކުރާނެ ގޮތް:
ކޮންމެ ޕާން ފޮއްޗެއްގެ މަތީގައި ޗީޒް ފޮއްޗެއް ބާއްވާށެވެ. އެއަށް ފަހު އޭގެ މަތީގައި ކިއުކަމްބާ ދެ ފޮތި ލާފައި މަތީގައި ބީފް ކޮޅެއް އަތުރާލާށެވެ. ބީފްގެ މަތީގައި ލެޓިއުސް ފަތް ކޮޅެއް ބޭއްވުމަށް ފަހު ދެން އަނެއްކާ ވެސް ޕާން ފޮއްޗެއް ބާއްވާށެވެ.
ހުރިހާ ޕާން ފޮއްޗެއް ތައްޔާރުކޮށް ނިމުމުން، ތަވަޔަކަށް ބަޓަރު އަޅައި ސޭންޑްވިޗްތައް އޭގައި ކުޑަކޮށް ކައްކާލާށެވެ. ސޭންޑްވިޗްތައް މުރަނަ ވަންދެން މަޑުގިނީގައި ކައްކަމުން ގެންދާށެވެ.
ދެން ކޮންމެ ޕާންފޮއްޗެއްް މެދުން ކަފާލާށެވެ. އޭރުން ސޭންޑްވިޗް ތައްޔާރުވީ އެވެ.