ހުޅުމާލޭ ސަހަރާގައި ހަދާ މިސްކިތް އަންނަ މަހު މެދު ތެރޭގައި ނިމި، ހުޅުވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ސަން އަށް ވިދާޅުވީ ސަހަރާއާ އިންވެގެން ހަދާ އެ މިސްކިތް އަންނަ މަހުގެ މެދުތެރޭގައި ހުޅުވި އާންމުކޮށް ނަމާދު ކުރުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އެ މިސްކިތަކީ ދެ ފުލޯއަށް ހަދާ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެ މިސްކިތް ހުޅުވުމަށް ނިންމާފައިވާ އިރު ރޯދަ މަސް ނިމުމާ އެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ އެންމެން ވަޅުލުމަށް ނިންމާފައި ވަނީ ހުޅުމާލޭ ސަހަރާގަ އެވެ.