ވޭނެއް ކޮންޓްރޯލް ނުވެ މީރުބަހުރު ބަނދަރުގައި އޮތް ބޯޓަކަށް އެރުމާ ގުޅިގެން އެވޭން ދުއްވަން އިން ބިދޭސީ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެއެކްސިޑެންޓާ ގުޅިގެން އިންޑިއާ ރައްޔިތަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

ރޭ 10:30 އެހާކަންހާ އިރު ހިނގި އެ އެކްސިޑެންޓުގައި އެވޭން ކޮންޓުރޯލް ނުވެގެން އައިސް މީހެއްގައިގައި ޖެހި ބަނދަރުގައި އަޅާފައި އޮތް ބޯޓުގައި ވަނީ ޖެހިފަ އެވެ.

އެހާދިސާގައި އަނިޔާވެފައި ވަނީ އެ ބަނދަރުގައި އޮތް ބޯޓަކުން އެއްޗެއް ބަލައި ގޮސް އުޅުނު މީހަކަށެވެ. އޭނާ އަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުންދާ އިރު ހާލު ސީރިއަސް ނޫން ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

އެ ހާދިސާ ފުލުހުން ތަހުގީގް ކުރަމުންދާއިރު ވޭން ޖެހުނު ބޯޓަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ.