18 Jun 2016, 02:26
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮރޭޝިއާ މޮޅުވާން ދަނިކޮށް އެ ޓީމުގެ ސަޕޯޓަރުންތަކެއް އަމިއްލަ ގައުމުގެ ސަޕޯޓަރުންނާ މާރާމާރީ ހިންގައި ދަނޑު މައްޗަށް ފްލެއާސް އުކި މައްސަލާގައި ކޮރޭޝިއާގެ ކޯޗު ރުޅި ގަދަވެ، ސަޕޯޓަރުންގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތު އަޅުވައިފި އެވެ.
ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލު ކުރި މެޗުގައި ކޮރޭޝިއާ 1-2 މޮޅުވެ، މެޗު ނިމެން ފަސް ވަރަކަށް މިނެޓަށްވެފައި ވަނިކޮށް، ސަޕޯޓަރުންތަކެއް ދަނޑަށް އެއްޗެހިތަކެއް އުކަން ފެށުމުން މެޗު ފަސް ވަރަކަށް މިނެޓަށް މެދުކަނޑާލި އެވެ. އަލުން މެޗު ފެށުމާއެކު ފަހު ވަގުތު ޗެކް ރިޕަބްލިކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮރޮއޭޝިއާ އާއި ޗެކް ރިޕަބްލިކްގެ މެޗު ހިނގަމުން ދަނިކޮށް ކޮރޮއޭޝިިއާ ސަޕޯޓަރުން ދަނޑު މައްޗަށް ފްލެއާސް އުކާފައި ---
މެޗަށް ފަހު ވާހަކަ ދައްކަމުން ކްރޮއޭޝިއާ ކޯޗު އެންޓީ ކެސެކް ބުނީ ދަނޑުގައި ހަމަނުޖެހުން ހިންގީ ކޮރޭޝިއާގެ ސަޕޯޓަރުންގެ ތެރެއިން ދިހަ ވަރަކަށް މީހުން ކަމަށާއި އެ މީހުންނަކީ ޖަރީމާ ހިންގާ ބައެއް ކަމަށެވެ. އަމިއްލަ ގައުމު، ކްރޮއޭޝިއާއަށް ވެސް އެ މީހުންނާމެދު ފިޔަވަޅު އެޅިފައި ނުވާ ކަމަށް ތުހުމަތުކޮށް، ކޯޗު ބުނީ އެއީ "ކުޅިވަރުގެ ޓެރަރިސްޓުން" ކަމަށެވެ. އަދި އެ މީހުންނަކީ ކްރޮއޭޝިއާއަށް ސަޕޯޓަރުކުރާ ހަގީގީ ސަޕޯޓަރުން ނޫން ކަަމަށް ވެސް ކޯޗު ބުންޏެވެ.
"ޓީމަށް ހެޔޮއެދޭ ބައެއްގެ ފަރާތުން ފެނިގެންދާނެ އަމަލުތަކެއް ނޫން މިއަދު ދަނޑުން ފެނިގެން އެ ދިޔައީ. ގިނަ ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓް ކުރި މަނަޒަރު،" ކްރޮއޭޝިއާ ކޯޗު، ކެސެކް ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮރޮއޭޝިއާ އާއި ޗެކް ރިޕަބްލިކްގެ މެޗު ހިނގަމުން ދަނިކޮށް ކޮރޮއޭޝިއާގެ ސަޕޯޓަރުން މާރާ މާރީ ހިންގާ ހަމަ ނުޖެހުން ހިންގަނީ ---
އޭނާ ބުނީ ހަމަނުޖެހުން ހިންގީ ދިހަ ވަރަކަށް މީހުންގެ ޓީމެއް ކަމަށާއި މުޅި ޓީމަށް އަދަބެއް ދިނުމުގެ ބަދަލުގައި އެ ފަރާތްތައް ފާހަގަކޮށް އަދަބު ދިނުމަކީ އެފަދަ އަމަލަތައް ހުއްޓުވަން އޮތް މަގެއް ކަމަށެވެ.
މިފަހަރުގެ މުބާރާތަކީ ސެކިއުރިޓީގެ ކަންތައްތަކަށް ވަކި ހާއްސަ ސަމާލު ކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތަކައްވެފައި މީގެ ކުރިން ވެސް ހަމަނުޖެހުން ހިންގާ ފަރާތްތަކާއި ޓީމްތައް މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައި ވާތީ ޔުއެފާ އިން ކޮރެއޭޝިއާ ޓީމަށް ވެސް އަދަބު ދޭނެ ކަމަށް ވަނީ ބެލެވެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗުގެ ތެރެއަށް ކޮރޮއޭޝިއާގެ ސަޕޯޓަރުން ފްލެއާސް އަކާފައި ---
ޔޫރަޕްގެ ފުޓްބޯޅައިގައި ކޮރެއޭޝިއާ ސަޕޯޓަރުންނަކީ ހަމަނުޖެހުން ހިންގުމުގެ އެތައް ރެކޯޑެއް އޮތް ބައެކެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމް ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކޮރެއޭޝިއާގެ ސަޕޯޓަރުން ވަނީ ދަނޑުގައި ހަމަނުޖެހުން ހިންގާފަ އެވެ. ނަތީޖާ އެއްގެ ގޮތުން ޔުއެފާ އިން ވަނީ ކޮރޭޝިއާ ޓީމު ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ވ