18 Jun 2016, 09:57
ބޭނުންވާނެ ތަކެތި:
- ކުކީ ލޭޔަރު ތައްޔާރު ކުރުމަށް:-
- 1 ޕެކެޓް ކުކީ މިކްސް
- 4 މޭޒުމަތީ ސަމުސާ ބަޓަރު
- 1 މޭޒުމަތީ ސަމުސާ ފެން
- 1 ބިސް
- ބްރައުނީ ލޭޔަރު ތައްޔާރު ކުރުމަށް:-
- 1 ޕެކެޓް ބްރައުނީ މިކްސް
- 1/4 ޖޯޑު ފެން
- 2/3 ޖޯޑު ކައްކާ ތެޔޮ
- 2 ބިސް
ތައްޔާރު ކުރާނެ ގޮތް:
ކުކީ މިކްސް އާއި، ތެޔޮ، ބިސް އަދި ބަޓަރު އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ކޭކު ފިހާ ތަށްޓަށް އަޅާފައި ބަހައްޓާށެވެ. (ކުކީ ލޭޔަރު)
ބޯތަށްޓެއްގައި ބްރައުނީ މިކްސް، ފެން ތެޔޮ އަދި ބިސް އެއްކުރުމަށް ފަހު ގިރާލާށެވެ. ރަނގަޅަށް ގިރުމުން، ކުކީ ލޭޔަރުގެ މަތީގައި ފަތުރާލާށެވެ.
އެއަށް ފަހު އަވަނަށް ލައި ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގައި ހޫނުކަން ކެނޑެން ދެން ބެހެއްޓުމަށް ފަހު ސާވް ކުރާށެވެ.