18 Jun 2016, 10:07
ބޭނުންވާ ތަކެތި:
- 1 ސައިސަމުސާ ކައްކާ ތެޔޮ
- 3 އަލުވި (ހިމަކޮށް ދިގުކޮށް ކޮށާފައި)
- 8 ބިސް
- 1/4 ޖޯޑު ކިރު
- 2 މޭޒުމަތީ ސަމުސާ މަސްޓަޑް
- 1/4 ސައި ސަމުސާ ލޮނު
- 1/4 ސައިސަމުސާ އަސޭމިރުސް
- 2 ޓޮމާޓޯ (ވައްކޮށް ތުނިކޮށް ކޮށާފައި)
- 1/3 ޖޯޑު ބޭސިލް (ކުދިކޮށް ކޮށާފައި)
ތައްޔާރު ކުރާނެ ގޮތް:
އަލުވިތައް ތެލުލާފައި ބަހައްޓާށެވެ.
ބިހާއި ކިރު، މަސްޓަޑް، ބޭސިލް، ލޮނު އަދި އަސޭމިރުސް އެއްކޮށް ގިރާލާށެވެ. އެއަށް ފަހު ކުރިން ތެލުލި އަލުވިތައް ތަވައަކަށް އަޅައި ރަނގަޅަށް ފަތުރާލާށެވެ. ދެން އޭގެ މައްޗަށް ބިސްތައް އަޅާލާށެވެ.
އެއަށް ފަހު އޭގެ މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލައި، ތަވާ މަތި ޖެހުމަށް ފަހު ފިހެލާށެވެ.