ފިލްމެއްގައި އަދާކުރާ ރޯލު އެންމެ ފުރިހަމަ އަށް ގެނެސްދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށާއި ރީތި ދިގު އިސްތަށިގަނޑު ބާލަން ވެސް ފަސްނުޖެހޭނެ ކަމަށް ބޮލީވުޑުގެ ކާމިޔާބު އެކްޓްރެސް އަދި ފެޝަން ޑީވާ ސޯނަމް ކަޕޫރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނެފައި ވަނީ ކުރާ މަސައްކަތުގައި އޭނާގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

"އަސްލު އަހަރެން ބޯ ބާލަން ބޭނުން ފިލްމަކަށް. އަހަރެންގެ ބޯ އިންނާނީ ރީތި ބައްޓަމަކަށް. ބޯ ބޭލިޔަސް ރީތި ވާނެ،" ސޯނަމް ބުނެފައިވެ އެވެ.

ސޯނަމް އެންމް ފަހުން ފެނިގެން ދިޔައީ މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒް ކުރި ފިލްމު "ނީރްޖާ" އިންނެވެ. އެއަށް ފަހު އިތުރު ފިލްމަކުން ފެނިފައި ނުވި ނަމަވެސް، ސޯނަމް ވަނީ މިހާރު އޭނާގެ ދައްތަ، ރިއާ ކަޕޫރު އަދި ބަލާޖީގެ ހެޑް އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ "ވީރޭ ދީ ވެޑިންގް"ގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެ ފިލްމުގައި ސޯނަމްގެ އިތުރުން ދެން ފެނިގެންދާނީ ކަރީނާ ކަޕޫރް ޚާން، ސުވަރާ ބާސްކަރު އަދި ޝިކާ ތަލްސާނިއާ އެވެ.