ބޭނުންވާ ތަކެތި:

  • 2 ސައިސަމުސާ ހަކުރު
  • 3 ޕެޝަން ފުރުޓް
  • 4 1/2 ޖޯޑު ފެން
  • 1 ލުނބޯގެ ހުތް

ތައްޔާރު ކުރާނެ ގޮތް:

ޕެޝަން ފުރުޓު ދެފަޅި ކޮށްލުމަށްފަހު، އެތެރޭގައި ހުންނަ އޮށްތަށް ނަގައި ބްލެންޑާ އަށް އަޅާށެވެ. އެއަށްފަހު ހަކުރު، ފެން އެޅުމަށްފަހު ގިރާލާށެވެ. ރަނގަޅަށް ގިރުމުން އޭގެ ތެރެއަށް ލުނބޯ ހުތް އެއްކޮށްލުމަށްފަހު ކުޑަކޮށް ގިރާލާށެވެ. އޭރުން ޖޫސް ތައްޔާރުކޮށް ނިމުނީ އެވެ.