ލަންޑަން : އިންސާނާ ދިރިހުންނާނެ މުއްދަތު (އުމުރު) ވަރަށް އެކިއުރޭޓްކޮށް ދެނެގަނެވޭނެ މެޝިނެއް އިނގިރޭސިވިލާތުގެ ސައެންޓިސްޓުން އީޖާދުކޮށްފި އެވެ.

މުޅިން އަލަށް އީޖާދުކުރި މި މެޝިން އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށްއޮތް 5 އަހަރު ނޫނީ ލަސްވެގެން 10 އަހަރު ތެރޭގައި ދުނިޔޭގެ ބާޒާރަށް ނެރެވޭނެ ކަމަށާއި މީގެއަގު 435 ސްޓާލިން ޕައުޑަށްވުރެ މަތިނުވާނެ ކަމަށް މި މެޝިން އީޖާދުކުރި މާރިޔާ ބްލަސްކޯ ކުންފުންޏާ ޙަވާލާދީ ލަންޑަންގައި ނުކުންނަ ޑެއިލީ ސްޓާ ނޫސް ބުނެއެވެ.

"ލައިފް ލިންގްޓް" ނަމަކަށްކިޔާ މި މެޝިން އެންމެ ބޮޑަށް ބޭނުންކުރާނެ ކަމަށް ބެލެވެނީ މީހުންގެ ޢުމުރު ބެލުމަށްޓަކައި، ލައިފް އިންޝުއަރެންސް ކުންފުނިތަކުން، ކަމަށް ވެސް ޑެއިލީ ސްޓާ ބުނެއެވެ.
މި މެޝިނުން ކޮންމެ މީހެއްގެވެސް ޢުމުރުގެ ދިގު މިންބަލަނީ ނޫނީ މީހަކު ދުނިޔޭގައި ދިރިހުންނާނެ މުއްދަތު ބަލަނީ އެމީހެއްގެ ހަށިގަނޑުގެ ސެލްތަކުގައިވާ ޑީ.އެން.އޭ ގެ ޓޭޕް ނުވަތަ "ޓެލޮމެއަ" ގެ ދިގުމިނަށް ބަލައިގެން ކަމަށާއި މިއީ ވަރަށް އެކިއުރޭޓްކޮށް އިންސާނާގެ ޢުމުރު ބެލޭނެ ޓެކްނޮލޮޖީ އެއްކަމަށް މި މެޝިން އީޖާދުކުރި މާރިޔާ ބްލަސްކޯ ކުންފުންޏާ ޙަވާލާދީ ނޫސްތައް ބުނެއެވެ. -- ޔޫބީއައި / ޖަވާދު