16 Jun 2016, 17:54
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ކަރަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ބަންގުލަދޭޝުން ރޭ ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއް ކަމަށެވެ.
އުމުރުން 29 އަހަރުގެ އެ މީހާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް އައުމުން ލަގެޖު ބަލައި ފާސްކުރިއިރު 14.37 ގްރާމްގެ ކެނަބިސް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.