16 Jun 2016, 16:28
ހުޅުމާލޭގައި އަލަށް ހިއްކި ބިމުން ވަރަށް އަވަހަށް އާންމުން ގެދޮރު އިމާރާތް ކުރުމަށް ބިން ދޫކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "ސަން"އަށް މިއަދު ވިދާޅުވީ ވަރަށް އަވަހަށް ހުޅުމާލޭ ފޭސް ދޭއްގެ ޕްރޮޖެކްޓުގެ ދަށުން ހިއްކި ސަރަހައްދުން އާންމުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީ މެނޭޖިން ޑިރެކްޓަރު ސައިމަން ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ގޯތި ދޫކުރާ އަދަދާއި ގޯތި ދޫކުރާ ސައިޒުގެ އިތުރުން އަގު ތަކުގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ވެސް ސައިމަން ވިދާޅުވިއެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު ޒަމާނީ ގޮތަކަށް ތަރައްގީ ކުރާއިރު ޔޮޓް މެރީނާ އެއްވެސް ގާއިމް ކުރުމަށް ވަނީ ނިންމާފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 240 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.