16 Jun 2016, 14:06
އެމްޓީސީސީގެ ބޯޑު މެމްބަރު ކަމަށް އަނެއްކާވެސް ސިނާން އަލީ ހަމަޖައްސަވައިފި އެވެ.
ސިނާން އެމްޓީސީސީގެ ބޯޑު މެމްބަރު ކަމަށް އަނެއްކާވެސް ހަމަޖައްސަވާފައިވާއިރު، ދާދިފަހުން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ސްޓެލްކޯގެ ޗެއާމަންކަމަށް އޭނާ އައްޔަން ކުރައްވާފަ އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ސަން އަށް ވިދާޅުވީ ސިނާން އަނެއްކާވެސް އެމްޓީސީސީ އަށް ބަދަލުކުރެއްވީ އެކުންފުނީގެ ޗެއާމަންގެ އެދިވަޑައިގަތުމުގެ މަތިން ސިނާނާ ވެސް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
ސިނާން މިއަދު ސަން އަށް ވިދާޅުވީ ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސެވިފަހުން އެ އޮފީހަށް ނިކުމެވަޑައިނުގަންނަވާ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެމަގާމުން ވަކިކޮށް އޭނާ ވަނީ އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރައްވާފަ އެވެ. އަދި ހ. އާހަމަ އިބްރާހީމް ޒިޔަތު ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.