17 May 2011, 18:12
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މި އޮތޯރިޓީ އުފައްދަން ސަރުކާރުން ނިންމީ ރާއްޖޭގެ ބިމާއި، ފަރާއި، ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުންކުރަން ބޭނުންވާ މައުލޫމާތު އެއްކޮށް، ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތަކް ކުރުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ބުނެފައި ވަނީ ކެޑެސްޓްރަލް ސާވޭގެ މިންގަނޑުތައް އެކުލަވާލައި، ތަންފީޒު ކުރާނެ ވަކި މުއައްސަސާއެއް ނެތުމުން ރަނގަޅު އިންތިޒާމެއްގެ ދަށުން އެކަން ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ފެނުމުން މި ގޮތަށް ނިންމީ ކަމަށެވެ. މިކަން ނިންމީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް، މހައުސިން އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރުމަށް ފަހު އެވެ.