16 Jun 2016, 10:50
"އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާފަދައިން، ޝައިޠާނާ ދައުރުވެއެވެ. ޝައިޠާނާ ތިޔަބައިމީހުންގެ ހިތްތަކަށް (އެފަދަ) ވާހަކައެއް ވައްދަފާނެތީއެވެ. (އެހެންކަމުން ނުބަޔަކުން ސަލާމަތްކުރެއްވުމަށްޓަކައި އެހެން ވިދާޅުވީއެވެ. ބުޚާރީ، މުސްލިމް، އަބޫދާއޫދު، އަޙްމަދު)
أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاކައުސާހިބާصلّى اللّـه عليه وسلّمދެކެ ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އިތުރު ސާހިބާ ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅުގައި ތަންކޮޅެއް އުނދަގޫފުޅު ބޮޑުވި ދުވަހަކުأمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަށް ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! ކަލޭގެފާނަށް ތިޔަ ލިބިވަޑައިގަންނަވާ އުނދަގޫފުޅުތައް ކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް ލިބޭނެނަމައެވެ."
أمّ المؤمنينއެހެން ވިދާޅުވިއިރު ކައުސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން އަނބިއަނބިކަނބަލުންވެސް އެތާނގައި ތިއްބެވިއެވެ. އެބޭކަނބަލުން އެއްބޭކަނބަލަކު އަނެއްބޭކަނބަލެއްގެ މޫނުފުޅަށް ބައްލަވައި، ލޯފުޅުން އިޝާރާތް ކުރައްވާން ފެއްޓެވިއެވެ. އިތުރު ސާހިބާއަށް އެތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. "މާތްاللّـهގަންދެއްވަމެވެ. އެކަމަނާއަކީ ތެދުވެރިޔެކެވެ." (އެކަމަނާ އެހެން އެވިދާޅުވީ ދެއްކުންތެރިކަމުގެ ގޮތަކުންނޫނެވެ. އަދި ކީއްހެއްޔެވެ. ހިތްޕުޅުގެ އަޑީން އެގޮތަށް އެދިވަޑައިގަންނަވާތީއެވެ.)
أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަކީ ގޭތެރޭގެ މަސައްކަތްޕުޅު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަނބަލެކެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنهاވިދާޅުވެފައިވެއެވެ. "صفيّةއަށްވުރެ މީރުކޮށް ކައްކާ އަންހެނަކު ތިމަންކަމަނާ ދެކެވަޑައެއް ނުގަންނަވަމެވެ." ކައުސާހިބާصلّى اللّـه عليه وسلّمއެހެނިހެންأمّهاتންގެ ކޮޓަރިކޮޅުގައި އުޅުއްވާ ދުވަސްދުވަހުވެސް ބައެއްފަހަރަށް ދޮލަނގު ފޮނުއްވައެވެ. ކައުސާހިބާصلّى اللّـه عليه وسلّم،أمّ المؤمنين السّيّدة عائشة رضى اللّـه عنهاގެ ކޮޓަރިކޮޅުގައި އުޅުއްވި ދުވަހަކު ފޮނުއްވި ތަށިކޮޅެއްގެ ވާހަކަ ޞަޙީޙު ބުޚާރީއާއި ޙަދީޘު ޢިލްމުގެ އެހެނިހެން ފޮތްފޮތުގައިވެއެވެ.
އަވަހާރަވުން
أمّ المؤمنينالسّيّدة صفيّة بنت حُيَيُّ رضى اللّـهعنــهاދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން ފަސްދޮޅަސްފަސް އަހަރުފުޅުގައެވެ. ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ގެކޮޅު ވަނީ މާތްاللّـهއަށްޓަކައި ޞަދަޤާތްކުރައްވައިފައެވެ. ނަމަވެސް ތަރިކައިގެ ގޮތުގައި އެއްލައްކަ ދިރުހަމް ދޫކުރެއްވިއެވެ. އޭގެތެރެއިން ހަތަރުބައިކުޅައެއްބައި އެކަމަނާއަށް ބޮޑުދައިތަކިޔާ ޔަހޫދީއަކަށް ދިނުމަށް އޮތީ ވަޞިއްޔަތް ކުރައްވައިފައެވެ. މީސްތަކުން އެބައި ނުދޭން އުޅުމުން،أمّ المؤمنين السّيّدة عائشة رضى اللّـه عنهاވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ! މާތްاللّـهއަށް ބިރުވެތިވާށެވެ!
صفيّةގެ ވަޞިއްޔަތް ފުރިހަމަކުރާށެވެ!"السّيّدة عائشة رضى اللّـه عنهاއެގޮތަށް ބާރުއެޅުއްވުމުން
السّيّدة صفيّة رضى اللّـهعنــهاގެ ވަޞިއްޔަތް ފުރިހަމަކުރެވުނެވެ.
ޢިލްމުވެރިކަން
ކައުސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން އަނބިއަނބިކަނބަލުން ފަދައިން
أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަކީވެސް ނުހަނު ދަރަޖަމަތިވެރި ޢާލިމާއެކެވެ. އެކަމަނާ ކީރިތި ޤުރްއާނުގެ ވަރަށްގިނަ ސޫރަތްތައް ހިތްޕުޅުދަހެވެ. އެކަމަނާ ވަރަށްގިނައިން ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެއެވެ. ޤުރްއާން ކިޔަވައިވިދާޅުވާއިރު ޤުރްއާނުގެ އަސަރު ވަރަށްބޮޑަށް އެކަމަނާގެ ހިތްޕުޅަށް ކުރެއެވެ. ލޯފުޅުން ކަރުނަފޮދު އާދެއެވެ. ޤުރްއާން ކިޔަވާއިރު ޤުރްއާނާމެދު ފިކުރުކުރުމެއްނެތި ހަމައެކަނި ދުލުކުރީން ޤުރްއާން ކިޔަވައިލުމަކީ އެކަމަނާ ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމެކެވެ. އެގޮތަށް ޤުރްއާން ކިޔަވާ ބަޔަކު ފެނިވަޑައިގެންފިނަމަ އެބަޔަކަށް ނަސޭހަތް ދެއްވައެވެ.
أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاގެ އަރިހުން ރިވާވެފައިވަނީ ދިހަ ޙަދީޘެވެ. އޭގެތެރެއިން ހަތް ޙަދީޘް ޞަޙީހު ބުޚާރީގައިވެއެވެ. މުސްލިމުގައި ދެ ޙަދީޘުވެއެވެ. އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައިالإمام زين العابدينއާއި،إسحاق بن عبد اللّـه بن الحارثއާއި،مسلم بن صفوانފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން އަނބިއަނބިކަނބަލުންގެ ގެކޮޅުތައް ފަދައިން އެކަމަނާގެ ގެކޮޅަކީވެސް މުސްލިމުންނަށް ޢިލްމާއި މަޢުރިފާގެ އަލިކަން ވާޞިލުކޮށްދޭ މަދަރުސާއެކެވެ. ވަރަށްގިނަ މީހުން އެކަމަނާގެ އަރިހަށް މައްސަލަތައް އޮޅުންފިލުވަން އާދެއެވެ. ޢިރާޤުގެ މީހުން އެކަމަނާގެ އަރިހުން އެންމެގިނައިން ފަތުވާ ހޯދާކަމުގައިވަނީ ނަބީޒުގެ ޙުކުމާ ބެހޭގޮތުންނެވެ.
(مسند أحمد)
ޚުލުޤުފުޅު
علاّمة ذهبىއޭނާގެسير إعلام النّبلاءގައިأمّ المؤمنينالسّيّدة صفيّة بنت حُيَيُّ رضى اللّـهعنــهاސިފަކުރައްވައިފައިވާގޮތުގައި އެކަމަނާއަކީ، މާތް، ބުއްދިވެރި، ނަސަބުން އަރާއިންނެވި، ރީތި، ދީންވެރި، ކެތްތެރި ބޭކަނބަލެކެވެ. ނުހަނު މާތް ވައްތަރުކޮޅުހުންނަ ބޭކަނބަލެކެވެ.
أمير المؤمنينعمر بن الخطّاب رضى اللّـهعنــهގެ ޚަލީފާކަމުގެ ދުވަސްވަރުأمّ المؤمنين السّيّدة صفيّة رضى اللّـه عنهاގެ ޚާދިމާއެއްعمرގެފާނުގެ އަރިހުގައިأمّ المؤمنينގެ ޝަކުވާ ދެންނެވިއެވެ. އޭނާ ދެންނެވިއެވެ. "أمّ المؤمنينގެ ކިބައިގައި މިހާރުވެސް ޔަހޫދިއްޔަތުގެ ކުލަހުރެއެވެ. ހޮނިހިރު ދުވަހަށް ކަމޭހިއްތަވައެވެ. ޔަހޫދީންނާ ގާތްކަން ބާއްވަވައެވެ."
أمير المؤمنينعمر رضى اللّـهعنــهއެކަން ސާފުކޮށްލެއްވުމަށްޓަކައިأمّ المؤمنين السّيّدة صفيّة رضى اللّـه عنهاގެ އަރިހަށް އަމިއްލަފުޅަށް ވަޑައިގެން އެ ސުވާލު ކުރެއްވިއެވެ.أمّ المؤمنينޖަވާބު ދެއްވިއެވެ. "އަރަހުށި މާތްاللّـهއަޅުގަނޑަށް ހުކުރުދުވަސް ދެއްވީއްސުރެ އަޅުގަނޑު ހޮނިހިރުދުވަސްދެކެ ލޯބިވުމުގެ ބޭނުމެއްނެތެވެ. ޝައްކެއްނެތެވެ. އަޅުގަނޑު ޔަހޫދީންނާ ގާތްކަން ބާއްވަމެވެ. އެމީހުންގެ ތެރޭގައި އަޅުގަނޑުގެ ތިމާގެމީހުން އެބަތިއްބެވެ. އެމީހުނާ އަޅުގަނޑު ރަޙިމުގެ ގުޅުން ބާއްވަމެވެ."أمّ المؤمنينސާފުބަސްފުޅުން ޞަރީޙުކޮށް ޖަވާބުދެއްވުމުންعمرގެފާނު ވަރަށް އުފާކުރެއްވިއެވެ.
أمير المؤمنينއެނބުރި ވަޑައިގަތުމުންأمّ المؤمنينއެކަމަނާގެ ޚާދިމާ ގެންނަވައި ސުވާލު ކުރެއްވިއެވެ. "ކަނބުލޭގެأمير المؤمنينގެ އަރިހުގައި އަހަރެންގެ ޝަކުވާ ދެންނެވުމުގެ ސަބަބަކަށްވީ ކޮންކަމެއްހެއްޔެވެ؟"
އެކަނބުލޭގެ ޖަވާބުގައި ދެންނެވިއެވެ. "ޝައިޠާނާ އަޅުގަނޑަށް ވަސްވާސްދިނީއެވެ."
أمّ المؤمنينއިރުކޮޅަކު ވިސްނާވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "ކަނބުލޭގެ މިގެއިން ދާށެވެ. މާތްاللّـهގެ މަގުގައި އަހަރެން ކަނބުލޭގެ މިނިވަންކޮށްފީމެވެ."
أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަކީ ނުހަނު ހިތްޕުޅު މަޑު ބޭކަނބަލެކެވެ. މީހުނާމެދު ކުލުނު ހުންނަ ބޭކަނބަލެކެވެ. ހިޖުރައިން 35 ވަނަ އަހަރު ބާޣީންأمير المؤمنينعثمان ذوالنّورين رضى اللّـهعنــهގެ ގަނޑުވަރު ވަށައިލައި އެކަލޭގެފާނަށް ފެންފޮދާއި ފަރީއްކޮޅު ލިބިވަޑައިގަތުން މަނާކުރުމުން އެކަމަނާ ވަރަށް ދެރަފުޅުވިއެވެ. މުސްކުޅިފުޅުأمير المؤمنينގެ ޙާލުކޮޅާމެދު ހިތްޕުޅުގައި ރަޙުމާއި ހަމްދަރުދީ އުފެދުނެވެ. އެހެންކަމުން އެކަމަނާގެ ބަޣަލަށް ސަވާރުވެވަޑައިގެން އެކަމަނާގެ ޚާދިމުكنانةގޮވައިގެންأمير المؤمنينގެ ގަނޑުވަރަށް ވަޑައިގަންނަވާން މަސައްކަތްކުރެއްވިއެވެ.أشتر نخعىއަށްأمّ المؤمنينގެ ޚާދިމު ފެނިފައި އެއީ ކާކުކަން އެނގިގެންއައިސް ބަޣަލުގެ މޫނުމަތީގައި ތަޅަންފެށުމުން މަސްރަޙު އޮތްގޮތް ވިސްނިވަޑައިގެން ވިދާޅުވިއެވެ. "އަހަރެން އަގުވެއްޓޭކަށް ބޭނުމެއް ނޫނެވެ. އަހަރެން އެނބުރި ގެއަށްދިޔަދޭށެވެ. އަހަރެންގެ ބަޣަލް ދޫކޮށްލާށެވެ." އެހެންވިދާޅުވެފައި ގެއަށް ވަޑައިގެން
أمير المؤمنينއަށް ފަރީއްކޮޅު ތައްޔާރުކުރައްވައިالإمام حسن بن على رضى اللّـه عنهގެ ޙަވާލުގައި ފަރީއްކޮޅު ފޮނުއްވަމުން ގެންދެވިއެވެ.
أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަކީ ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. ޔަހޫދީ ރައީސެއްގެ ދަރިކަނބަލެއްގެ ޙައިޘިއްޔަތުން އެކަމަނާ ދުނިޔެއަށް ވަޑައިގަތީ "ރަންސަމުސަލެއް އަނގަފުޅަށް ލައްވައިގެން" ނެވެ. އެކަމަނާ ދުނިޔެއަށް ލޯފުޅު ހުޅުއްވައިލެއްވީއްސުރެ ދެކެވަޑައިގަތީ ސުމާރެއްނެތްފަދަ މުއްސަނދިފުޅުކަމެވެ. ނަމަވެސް އެކަމަނާއަކީ މުދަލަށް ލޯބިކުރެއްވި ބޭކަނބަލެއް ނޫނެވެ. އަރަހުށި މާތްاللّـهއެކަމަނާގެ މިޒާޖުފުޅުގައި ލައްވައިފައިވަނީ ހިސާބެއްނެތްހައި ދީލަތިފުޅުކަމެވެ. އެކަމަނާ ޚައިބަރުން ވަޑައިގަންނަވަމުން ގެންނެވި ގަހަނާކޮޅުތައް އެކިބޭކަނބަލުންނަށް ހަދިޔާކުރެއްވި ވާހަކަ ވަނީ އިސްވެގޮސްފައެވެ.
އަޅުވެރިކަމާއި ތަޤްވާވެރިކަން
أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަކީ އަޅުކަމާއި ތަޤްވާވެރިކަމުގެގޮތުންވެސް ރީތި ނަން ލިބިވަޑައިގެން އިންނެވި ބޭކަނބަލެކެވެ.علاّمة إبن كثير رحمه اللّـهއެކަމަނާއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.
"ޝައްކެއްނެތެވެ. އެކަމަނާއަކީ ތަޤްވާވެރި، ގިނަގިނައިން އަޅުކަންކުރާ، ޒާހިދު، ހެޔޮލަފާ، ދީލަތި އަންހެނުންގެ ތެރެއިންވެސް އެފަދަ އަންހެނުންގެ ޒަޢީމާއެކެވެ."
علاّمة زرقانى رحمه اللّـهލިޔުއްވައިފައިވެއެވެ.
"އެކަމަނާއަކީ ބުއްދިވެރި އަންހެނުންކުރެވެސް ބުއްދިވެރިކަމުގައި އަރައި އިންނެވި ބޭކަނބަލެކެވެ."
އަރަހުށި މާތްاللّـهގެ ރުހިވޮޑިގަތުން ހޯއްދެވުމަށްޓަކައި އެކަމަނާ ކޮންމެ އަޅުކަމެއްވެސް އެއަޅުކަމެއްގެ ވަގުތުގެ ކުރީކޮޅުގައި އަދާކުރައްވައެވެ. ދުވާލު ރޯދަހިއްޕެވުމާއި، ރޭގަނޑު ރޭއަޅުކަމުގައި މަޝްޣޫލުވެވަޑައިގެން އިންނެވުމަކީ އެކަމަނާ ވަރަށްބޮޑަށް ލޯބިކުރެއްވި ދެކަންތަކެވެ. ޝައްކެއްނެތްގޮތުގައި ހައްތާވެސް މިއީ ކައުސާހިބާصلّى اللّـه عليه وسلّمގެ ޞުޙުބަތުގެ ނަތީޖާއެވެ.
ޢުމުރުފުޅުގެ މަރްޙަލާތައް
ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ހަތްވަނަ އަހަރުއެވެ.
- ކައުސާހިބާصلّى اللّـه عليهوسلّمއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ސަތާރަ އަހަރުފުޅެވެ.
- އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާصلّى اللّـه عليهوسلّمގެ ޢުމުރުފުޅަކީ، ފަންސާސްނުވަ އަހަރުފުޅެވެ.
- ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ތިންއަހަރާއި ނުވަވަރަކަށް މަސްދުވަހުއެވެ.
- އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ފަސްދޮޅަސްފަސް އަހަރުފުޅެވެ.
- އެކަމަނާ އަވަހާރަވީ، ހިޖްރައިން ފަންސާސްވަނަ އަހަރުގެ ރަމަޟާންމަހުއެވެ.
- އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީއުގައެވެ.
އަރަހުށި މާތްاللّـه، أمّ المؤمنين السّيّدة صفيّة بنت حُيَيُّއަށް ރުއްސުން ލައްވާށިއެވެ.
ޙަވާލާ
އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް
- ތިޛުކާރެ ޞަޙާބިޔާތު ޠާލިބުލްހާޝިމީ
- އުއްމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
- އުއްމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
- ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
- ސޯ ބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ ސަރުދާރުفاطمة بنتمحمّد صلّى اللّـه عليهوسلّم:މުފުތީ ޘަނާއުاللّـهމަޙްމޫދު
- އައްރަޙީޤުލްމަޚްތޫމް މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ
- އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ