ސްޓާ ޕްލަސް އިން 2011 ވަނަ އަހަރު ދައްކަން ފެށި، ދިވެހިންގެ މެދުގައި މަގްބޫލު 'ދިޔާ އޯރް ބާތީ ހަމް' ހުއްޓާލަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އެ ޝޯވ ހުއްޓާލަން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފަށާފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް މިހާރު ވަނީ ޝޯވގެ އެންމެ ފަހު އެޕިސޯޑު ދައްކާނެ ދުވަސް ވެސް ކަށަވަރުވެފައެވެ.

ހަބަރުތައް ބުނާގޮތުން، މި އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު ދައްކާނީ 'ދިޔާ އޯރް ބާތީ ހަމް' ގެ ފަހު އެޕިސޯޑެވެ.

ޝަޝީ ސުމީތު ޕްރޮޑަކްޝަންސް އިން އުފައްދާ އެ ޝޯވ އަކީ ތަފާތު ކޮންސެޕްޓް އަކަށް ފެށި ޝޯވ އެކެވެ. އަދި ޝޯވގެ މަގުބޫލުކަން ވެސް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ.

ނަމަވެސް ފަހަކަށް އައިސް، އެ ޝޯވ ގެ ރޭޓިންގސް ވަރަށް ބޮޑަށް ދަށްވެފައި ވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ޝޯވ ހުއްޓާލަން ނިންމީ ވެސް ތަރުހީބު ކުޑަވެގެންނެވެ.

ޑްރާމާގެ ލީޑު ރޯލުތަކުން ފެންނަ ސަންދިޔާ (ދީޕިކާ ސިންގ)، ސޫރަޖް (އަނަސް ރާޝިދު) އަދި ބާބޯ (ނީލޫ ވަގޭލާ) އަކީ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިންތަކެކެވެ.