17 May 2011, 17:55
ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުގެ އިންޓީރިއާ ޑިޒައިން މަސައްކަތް ކުރުވުމުގައި ކޮރަޕްޝަނަށް މަގު ފަހިވާ ގަވައިދާ ހިލާފު އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ބުނެފި އެވެ.
އޭސީސީން ބުނީ ޕީޖީ އޮފީހުގެ އިންޓީރިއާއަށް އެތެރޭގެ ފާރުތައް ތަޅައި ތަޅުން ނަގާ ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ކުރި އިއުލާން ބާތިލުކޮށް ދެ ވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމަށް އެސްޓިމޭޓް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިފވާ ގޮތަށް ކަމަށް ބުނާ މައް މައްސަލަ ބެލިއިރު ސިޓީގައި ބަޔާންކޮށްފައި ނުވާ އިތުރު ބައިތަކަކަށް ޕޮއިންޓް ދީފައިވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.
އަދި މައްސަލައިގައި ގަވައިދާ ހިލާފު ކަރަޕްޝަން އަމަލެއް ހިމެނިފައި ނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.