01 May 2010, 15:30
14:30
ހއ. ތަކަންދޫގައި 10 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރެއްހާއިރު އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ، އިތުރު ކުދިންތަކަކާއެކު މޫދަށްއެރި އުޅުމަށްފަހު، ނުފެނިގެން ހޯދަމުން ދަނިކޮށް ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތަކަންދޫ ސްކޫލްގެ ހަވަނަ ގްރޭޑުގައި ކިޔަވަމުން އަންނަ އޯކިޑްމާގޭ އަހުމަދު މުހައްމަދު މަރުވެފައި ވަނީ ބޯކޮށައިގެން، އެހެން ދެ ކުއްޖަކާއެކު ތުނޑި އަށް މޫދަށްއެރި އުޅެނިކޮށް. އޭގެ ތެރޭގައި ހަތް އަހަރުގެ އަނެހެން ކުއްޖެއް ވެސް ހިމެނެ އެވެ. އަހުމަދު ގެނބުނީ، އެ ހަތް އަހަރުގެ ކުއްޖާ ގެނބުމުން، އޭނާ ސަލާމަތްކުރަން ދިޔަ ވަގުތު، ދެ މީހުން އެކުގައި ގެނބިގެން ކަމަށް މައުލޫމާތު ލިބޭެ އެވެ. އެ ތަން ފެނިގެން، 13 އަހަރުގެ ކުއްޖަކު ފުންމާލައިގެން ގޮސް، އެ ދެ ކުދިން ސަލާމަތްކުރަން އުޅެނިކޮށް، އަހުމަދު ގެނބިގެން އަޑިއަށް ދިޔައީ ކަމަށް ތަކަންދޫ މައުލޫމާތު ލިބެ އެވެ.