ބޭނުންވާ ތަކެތި:

  • 6 ކަދުރު
  • 9 އާމަންޑު
  • 1 އާފަލު
  • 1 ވައް ދޮންކެޔޮ
  • 2 ޖޯޑު ކިރު
  • ރަހަލާ ވަރަށް ހަކުރު ނުވަތަ މާމުއި
  • އައިސް ކިއުބް (ބޭނުން ނަމަ)

ތައްޔާރު ކުރާނެ ގޮތް:

އާފަލު އަދި ދޮންކެޔޮ ތޮށި މަށައި، ކުދިކޮށް ކޮށާށެވެ. އަދި ކަދުރާއި އާމަންޑުވެސް ކޮށުމަށްފަހު މިކްސަރަށް އަޅައި ގިރާލާށެވެ. އެއަށްފަހު ކިރު ފޮދު އަޅާލާށެވެ. ދެން ހަކުރު ނުވަތަ މާމުއި އެޅުމަށްފަހު އަނެއްކާވެސް ބްލެންޑު ކޮށްލާށެވެ. ބޭނުން ނަމަ އައިސް ކިއުބު އަޅައި ބްލެންޑު ކޮށްލާށެވެ. ނޫން ނަމަ ފިނިކޮށްލާށެވެ.