16 Jun 2016, 10:11
ބޭނުންވާ ތަކެތި:
- 3 ޖޯޑު ހެވީ ކުރީމް
- 1 ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފައި)
- 1 ސައިސަމުސާ ގަރަމް މަސާލާ
- 1 ސައިސަމުސާ ޗިލީ ޕައުޑާ
- 600ގ ބޯންލެސް ޗިކަން (ކޮށާފައި)
- 2 މޭޒުމަތީސަމުސާ ކައްކާ ތެޔޮ
- 1 ޖޯޑު ބަޓަރު
- 1 ފިޔާ (ބޮޑެތިކޮށް ކޮށާފައި)
- 410ގ ޓޯމާޓޯ ޕޭސްޓް
- 2 ސައިސަމުސާ ލޮނު
- 2 މޭޒުމަތީ ސަމުސާ ތަންދޫރީ މަސާލާ
ތައްޔާރު ކުރާނެ ގޮތް:
އަވަން 190 ޑިގްރީ އަށް ޕްރީ ހީޓު ކުރާށެވެ.
ތަވައަކަށް ބަޓަރު ކޮޅެއް އެޅުމަށްފަހު މަޑު ގިނީގައި ހޫނު ކުރާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފިޔާ އަދި ލޮނުމެދު އެޅުމަށް ފަހު، ފިޔާކޮޅު ރަތް ވަންދެން މީރު ކުރާށެވެ.
އެހެން ތަވައެއްގައި ބާކީ ހުރި ބަޓަރު ވިރުވުމަށް ފަހު ހެވީ ކުރީމް، ޓޮމާޓޯ ޕޭސްޓް، ލޮނު، ޗިލީ ޕައުޑަރު އަދި ގަރަމް މަސާލާ އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މަތި ޖަހައި، 30 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ކުރިން މީރު ކުރި ފިޔާކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.
ކުކުޅު ކޮޅުގައި ތެޔޮ ހޭކުމަށް ފަހު، ތަންދޫރީ މަސާލާ އުނގުޅާލާށެވެ. އެއަށްފަހު ފިހަން ބޭނުންކުރާ ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު އަވަނަށް ލައި ރޯ ފިލަންދެން ފިހެލާށެވެ.
ކުކުޅުތައް ފިހެވުމުން ކުރިން ތައްޔާރު ކުރި ސޯސް ގަނޑުގެ ތެރެއަށް ކުކުޅު ކޮޅު އެއްކޮށްލާށެވެ. ބަޓާ ޗިކަން ތައްޔާރުކޮށް ނިމުނީ އެވެ. ރޮށި ނުވަތަ ބަތާ އެކީގައި ބަޓާ ޗިކަން ވަރަށް މީރު ވާނެ އެވެ.