16 Jun 2016, 02:19
ވެޓެރަންސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ދިވެހި ސިފައިންގެ ކްލަބް މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.
އެ މުބާރާތުގައި ސިފައިން ކުޅުނު ފުރަތަމަ މެޗުން 2-1 ގެ ނަތީޖާ އަކުން މާޒިޔާ އަތުން ވަނީ ބަލިވެފަ އެވެ. ކުޅިވަރު އެކުވެނީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ސިފައިންނެވެ. މެޗުގެ ކުރީކޮޅުގައި އެ ގޯލު ސިފައިންނަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ނާސިރެވެ. ޔޫވީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ 18 ވަނަ މިނެޓްގައި އަބްދުﷲ ވަހީދެވެ.
ސިފައިން މޮޅުވި ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ސަލީމް ހުސައިންނެވެ.
އެ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓެވެ. ކުޅިވަރު އެކުވެނީ އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅޭ އެމެޗު ފަށާނީ 16:30 ގަ އެވެ.