17 May 2011, 17:28
އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މއ. އަތަމާގޭ، އިބްރާހިމް އަބްދުއްލަތީފް ނެގި ލޯނަކަށް، ލޯނުގެ ފައިސާ އަށް ވުރެ ބޮޑު އަދަދެއް ރިބާގެ ގޮތުގައި ދައްކަންޖެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އޯނަސް އަށް ރިބާ ލޯނު ދައްކަން މަޖުބޫރު ކުރުވި ކަމަށް ބުނެ އިބްރާހީމް އަބްދުއްލަތީފް ވަނީ މިއަދު ސިވިލް ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލް [ޕީޖީ] އާ ދެކޮޅަށް ދައުވާ ވެސް އުފުލައިފަ އެވެ. އެ ދައުވާގައި ބުނެފައި ވަނީ އޯނަސް ކުންފުންޏަށް އިތުރަށް ދައްކަން ޖެހުނު 500،000 ޑޮލަރު ]7.7 މިލިއަން ރުފިޔާ[ އަކީ ހަގީގަތުގައި އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ އަށް ވުރެ މާ ބޮޑު އަދަދެއް ކަމަށާއި އެއީ ހުސް ރިބާ ކަމަށެވެ.
އިބްރާހީމް އަބްދުއްލަތީފްގެ ދައުވާގައި ބުނެފައި ވަނީ އޯނަސް ކުންފުންޏަށް އެ ލޯނު ދައްކަންޖެހުމުގެ ސަބަބުން އޭނާގެ ބެލުމުގެ ދަށުގައިވާ އާއިލާތަކަކަށް ބޮޑެތި ގެއްލުންތަކެއްވެ މީހާ ބަނގުރޫޓުވެފައިވާ ކަމަށެވެ.