ރަޝިއާގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ސްލޮވާކިއާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދަވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފިއެވެ.

ކޮންމެ ގުރޫޕް އަކުން ވެސް ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ ލިބޭ އިރު މިރޭގެ މެޗުން މޮޅުވި ސްލޮވާކިއާ އޮތީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިގެން ދެވަނައިގައެވެ. އެއް ވަނައިގައި އޮތް ވޭލްސް އަށް ވެސް ތިން ޕޮއިންޓް ލިބޭ އިރު ތިން ވަނައިގައި އޮތް އިނގިރޭސިންނާ ދެކޮޅަށް މާދަމާ ވޭލްސް ކުޅޭ މެޗު ކާމިޔާބު ކޮށް އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެގެންދާނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިޔާ އާއި ސްލޮވާކިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ދެ ޓީމްގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފްގައި ސްލޮވާކިއާ އިން ވަނީ ރީތި ދެ ގޯލު ކާމިޔާބު ކޮށް މެޗުގެ ލީޑް ނަގައިފައެވެ. ރަޝިއާގެ ފުރަތަމަ ގޯލު މެޗުގެ 32 ވަނަ މިނެޓްގައި ވަލްޑަމީރު ވައިސް ކާމިޔާބު ކޮށްދިނީ ރަޝިއާގެ ޕެނެލްޓީ އޭރިއާ ކަނުގައި ހުރެ ކައިރީގައި ހުރި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

އެ ގޯލަށް ފަހު ރަޝިއާއަށް ހަމަޖެހިނުލެވި އުޅެނިކޮށް 45 ވަނަ މިނެޓްގައި މަރެކް ހަމްސިކެ ވަނީ ގޯލެއް ކާމިޔާބުކޮށް ސްލޮވާކިއާގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިޔާ އާއި ސްލޮވާކިއާ ކުޅުނު މެޗުގައި ސްލޮވާކިއާގެ ދެވަނަ ގޯލު މަރެކް ހަމްސިކެ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ދެ ގޯލުގެ ތަފާތުން ރަޝިއާ ފަހަތުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި އެ ޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ. ރަޝިއާ އިން ގޯލެއް ޖެހުމަށް ކުރި ގިނަ މަސަތްކަތްތަކުގެ ހުރަހަކަށް ވެގެންދިޔައީ އޯގަނައިޒްކޮށް ކުޅެމުންދިޔަ ސްލޮވާކިއާގެ ޑިފެންސް ލައިންނެވެ.

ނަމަވެސް ރަޝިއާއިން ގޯލެއް ޖެހުމަށް ކުރި ގިނަ މަސަތްކަތްތަކުގެ ނަތީޖާ އަކަށް ވެގެން ދިޔައީ މެޗުގެ 80 ވަނަ މިނެޓްގައި އެ ޓީމުން ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރުމެވެ. އެ ގޯލުން ސްލޮވާކިއާ އަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނިސް ގުލްޝަކޯވް އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިޔާ އާއި ސްލޮވާކިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެ ގޯލަށް ފަހު ވެސް ރަޝިއާ އިން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރި ނަމަވެސް އެ ޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

ރަޝިއާ އިން އެމުބާރާތުގައި އިތުރަށް ކުރިއަށް ދާން ބޭނުންނަމަ 21 ވަނަ ދުވަހުގެ ރޭ 6:00 ގައި އިނގިރޭސީންގެ މައްޗަށް ކުރި ހޯދަން މަޖުބޫރެވެ. އަަދި 16 ވަނަ ދުވަހުގެ ރޭ 6:00 ގައި ކުޅޭ މެޗުން ވޭލްސްގެ މައްޗަށް ކުރި ހޯދައިފިނަމަ ސްލޮވާކިއާ އަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވާނެއެވެ.