15 Jun 2016, 13:14
ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ސެކިއުރިޓީ އާ ގުޅޭ ކަންކަމުގެ މައުލޫމާތު ދިނުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާ އެކު ކޮންފަރެންސެއް މިއަދު ބާއްވައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި އެ ކޮންފަރެންސްގައި ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ކުންފުނިތަކުގެ އިތުރުން އެމްއެންޑިއެފުން ބައިވެރިވި އެވެ.
މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރިސޯޓް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮންފަރެންސްގައި މައުލޫމާތު ދީފައި ވަނީ ޔޫއެސްގެ މާސެކް ނުވަތަ މެރިޓައިމް ސެކިއުރިޓީގެ ސީއީއޯ ޑޭވިޑް އެވެ.
އެ ކޮންފަރެންސުގައި ރިސޯޓްތަކުގެ ސެކިއުރިޓީ އެކި ގޮތްގޮތުން މިހާރަށް ވުރެ ވަރުގަދަކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފައިވެ އެވެ. އޭގެ ތެރޭގައި ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ ވަސީލަތްތަކާއި މީހުން ބޭނުންކޮށްގެން ސެކިއުރިޓީ ވަރުގަދަކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފައިވެ އެވެ.
މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރިސޯޓް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑޭވިޑް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުގެ ސެކިއުރިޓީ ކަންކަމާ ގުޅޭ ގޮތުން އެ ކުންފުންޏާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.