15 Jun 2016, 12:35
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ މިއަދު އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ މާރާމާރީ މައްސަލައަކާއި ގުޅިގެން ނެވެ.
ފުލުހުން ބުނީ އެ މީހާއަކީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ކަށަވަރު ވެފައި ނުވާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ ލަސްނުކޮށް ފުލުހުންނަށް އަންގައި ދިނުން އެދޭ ކަމަށެވެ.