ބޭނުންވާ ތަކެތި:

  • 1 ބްރައުނީ މިކްސް
  • ބްރައުނީ މިކްސް ގިރުމަށް ބޭނުންވާ ބިސް، ފެން އަދި ތެޔޮ (ފޮށީގައި ބުނެފައިވާ މިންވަރަށް)
  • 1 ޖޯޑު މާޝްމެލޯ ކުރީމް
  • 3 މޭޒުމަތީ ސަމުސާ ފެން
  • 1 ދަޅު ހޮޓް ފަޖް ޕުޑިން
  • ބިސްކޯދު (ކުދިކޮށްފައި)
  • 2 ޖޯޑު ކުދި މާޝްމެލޯ

ތައްޔާރު ކުރާނެ ގޮތް:

ބްރައުނީ މިކްސް ފޮށީގެ ބޭރުގައި އިރުޝާދު ދީފައިވާ ގޮތަށް ބުރައުނީސް މިކްސް ގިރުމަށްފަހު އަވަނަށް ލައި ފިހެލާށެވެ.

ރަނގަޅަށް ފިހެވުމުން އަވަނުން ނަގައި 30 މިނެޓު ބަހައްޓާލާށެވެ. އެއަށްފަހު ޗޮޕްސްޓިކް ކަހަލަ އެއްޗެއް ހަރައި، ބުރައުނީގެ އެކި ހިސާބުގައި ކުދި ވަޅުތަކެއް ހަދާލާށެވެ.

ބޯތަށްޓަކަށް މާޝްމެލޯ ކުރީމް އެޅުމަށްފަހު 30 ސިކުުންތު ވަންދެން މައިކްރޯވޭމް ކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފެން ފޮދު އެޅުމަށްފަހު ގިރާލާށެވެ. ރަނގަޅަށް ހިމުން ވުމުން ބުރައުނީގެ މައްޗަށް އަޅާލާށެވެ.

އެއަށްފަހު ބުރައުނީގެ މަތީގައި ހޮޓް ފަޖް އުނގުޅާލާށެވެ. އެއަށްފަހު އޭގެ މައްޗަށް ބިސްކޯދު އަޅައި މާޝްމެލޯތައް އަތުރާލާށެވެ. ދެން މާޝްމެލޯތަކަށް މަޑު މުށި ކުލައެއް އަރަންދެން އަވަނުގައި ފިހެލާށެވެ. (ދޮން ކުރާނީ އަވަނުގެ މަތީ ދަގަނޑު އެކަނި).

އޭގެ މައްޗަށް ހޮޓް ފަޖް ބުރުވާލުމުން ސްމޯރސް ބްރައުނީސް ތައްޔާރުކޮށް ނިމުނީ އެވެ.