ބޭނުންވާ ތަކެތި:

  • 500ގ ކުކުޅު ފައި
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 3 ޖޯޑު މާމުއި
  • 1/2 ޖޯޑު ބްރައުން ޝުގާ
  • 1/4 ޖޯޑު ސޯޔާ ސޯސް
  • 1/4 ޖޯޑު ބަޓަރު
  • 2 ސައިސަމުސާ މަސްޓަޑް
  • 1 1/2 ޖޯޑު ލޮނުމެދު (ގާނާފައި)
  • 1 ލުނބޯގެ ހުތް
  • 1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
  • 2 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
  • 1 މޭޒުމަތީ ސަމުސާ ޒުވާރި ފުށް

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ބޯތަށްޓެއްގައި ފިޔާ، މާމުއި، ހަކުރު، ސޯޔާ ސޯސް، ބަޓަރު، މަސްޓަޑް، ލުނބޯ ހުތް، ޗިލީ ސޯސް، ތެޔޮ، ޒުވާރި ފުށް އަދި ލޮނުމެދު ރަނގަޅަށް އެއްކޮށްލުމަށްފަހު ފަސް ވަރަކަށް މިނެޓު މަޑު ގިނީގައި ކައްކާލާށެވެ.

އެއަށްފަހު ޓްރޭ އެއްގައި ކުކުޅު ފައިތައް އަތުރާލުމަށްފަހި އޭގެ މައްޗަށް މުގުރި ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް ބުރުވާލާށެވެ. ދެން ކުކުޅު ފައިތައް ތެލުލާށެވެ.

ރަނގަޅަށް ފިހެވުމުން އޭގެ މައްޗަށް ކުރިން އެއްކުރި ސޯސްގަނޑު އަޅައި ރަނގަޅަށް ހާކާލުމަށްފަހު، 25 ވަރަކަށް މިނެޓު ވަންދެން އަވަނަށް ލައި ފިހެލާށެވެ.