15 Jun 2016, 03:01
ވެޓަރަންސް ކަޕުގައި ވިކްޓްރީ ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ގޯލު ކާމިޔާބު ކޮށް 3-2ގެ ނަތީޖާ އަކުން ނިއު ރޭޑިއަންޓު މޮޅުވެއްޖެ އެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވިކްޓްރީންނެވެ. މެޗުގެ 15 ވަނަ ވިކްޓްރީ އަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފިނުވާލައިގެން އެ ޓީމަށް ލީޑް ނަގައިދިނީ ވިކްޓްރީ ސީނިއާ ޓީމްގެ ހެޑް ކޯޗް މުޙައްމަދު ނަޒީހެވެ.

ވެޓެރަންސް ކަޕްގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ވިކްޓްރީން މެޗުގެ ލީޑް ނެގި ނަމަވެސް ނިއުގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު އެ ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމްގެ މިހާރުގެ ސެކެޓްރީ ޖެނަރަލް ޢަލީ ޝަމީމު އެވެ.
އެ މެޗުގައި ނިއު އަށް ލީޑު ލިބިގެންދިޔައީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މުހައްމަދު ޒިޔާދު ކާމިޔާބު ކޮށްދިން ގޯލުންނެވެ.

ވެޓެރަންސް ކަޕްގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުން ނިއު އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލު ދެ ވަނަ ހާފުގައި ކާމިޔާބް ކޮށްދިނީ ކުރީގެ ގައުމީ ޓީމްގެ ފޯވާޑް ޝާހް އިސްމާއީލްއެވެ.
މެޗްގައި ވިކްޓްރީން ކާމިޔާބް ކުރި ދެވަނަ ގޯލު 61 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އަލީ ހަލީމެވެ.
މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅޭނެއެވެ. އެމެޗުގައި ދިވެހި ސިފައިންގެ ކުލަބު ނިކުންނާނީ ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށެވެ.