ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ކޮންމެ އަހަރަކުދޭ، ޑަބްލިޔޫއެޗްއޯ ވޯލްޑް ނޯ ޓޮބޭކޯ އެވޯޑް 2011 ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ހެލްތް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާމިނަތު ޖަމީލު ހިމެނިވަޑައިގެންފި އެވެ.

އެ ޖަމިއްޔާއިން ޑރ. އާމިނަތު ޖަމީލަށް މި އެވޯޑް އެރުއްވުމަށް ނިންމީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް މިނިސްޓަރު ކުރައްވާފައިވާ މަސައްކަތްޕުޅުތަކާ ގުޅިގެނެވެ. އަދި މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ތައްޔާރު ކުރައްވައި، ފާސްކުރެއްވުމަށް ބާރުއެޅުއްވައި ކުރެއްވި މަސައްކަތްތަކަށް ބެލުމަށް ފަހު އެވެ.

ޑރ. އާމިނަތު ޖަމީލަށް މި އެވޯޑް ލިބަޑައިގަންނަވާތީ ރައީސުލް ޖުމްހޫރިއްޔާ ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވި އެވެ.