14 Jun 2016, 15:33
ވޮޝިންޓަން (ޖޫން 14): އެމެރިކާ ކޯލިޝަނުން ސީރިއާއަށް ދިން ވައިގެ ހަމަލާއެއްގައި އިސްލާމިކް ސްޓޭޓް [އައިއެސް]ގެ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީ މަރާލާފައިވާ ކަމަށް އީރާނުގެ ސްޓޭޓް މީޑިއައިން ބުނެފި އެވެ.
އީރާނުގެ ސްޓޭޓް މީޑިއާ އިން ރިޕޯޓު ކުރި ގޮތުގައި އައިއެސްއާ ގުޅުން ހުރި ނޫސް އޭޖެންސީއެއް ކަމަށްވާ އަލް އަމަގް އިން އާއްމު ކުރި ބަޔާނެއްގައި އެމީޑިއާ އިން ވަނީ އައިއެސްގެ "ހަލީފާ" މަރުވެފައިވާ ކަމަށް ބުނެފަ އެވެ.
"ރޯދަ މަހުގެ ފަސް ވަނަ ދުވަހު ކޯލިޝަނުން ރައްގާއަށް ދިން ވައިގެ ހަމަލާއެއްގައި އަބޫ ބަކުރު އަލް ބަގުދާދީ ވަނީ މަރާލާފައި،" އަލް އަމަގްއިން އާއްމު ކުރި ބަޔާނުގައިވެ އެވެ.
ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން އެރިޕޯޓުތަކާ ބެހޭ ގޮތުން އަދި ބަހެއް ބުނެފައި ނުވެ އެވެ.