މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކަނޑު އޮޅި ކަންމައްޗަށް މަސް ހިފަން ފޭބި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ ދެ ދިވެހިން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:40 އެހާކަންހާއިރު ކަމަށާއި އެއާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާ އެކު އެސަރަޙައްދަށް ގޮސް އެމީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅައި އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ.