14:30


ޑޮކްޓަރުންނަށް ކަނޑައެޅިފައިވާ މުސާރަ އާއި އިނާޔަތްތައް ކުޑަކަމުން ވަޒީފާ އަށް އަންނަން ބިދޭސީ ޑޮކްޓަރުން އުޒުރުވެރިވަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.


އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓު ބަލި މީހުންނަކީ ކުޑަކުދީން ކަމަށެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނަކީ ވޯޑްތަކުގައި އެޑްމިޓްކޮށްފައި ތިބޭ ކުޑަކުދިންގެ އިތުރުން ނިއޮނޭޓަލް އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބޭ ކުޑަކުދިން ބަލައި އަދި 24 ގަޑިއިރު އޮންކޯލްގައި ތިބޭ ޑޮކްޓަރުން ކަމަށެވެ.


އައިޖީއެމްއެޗުން ބުނީ ރާއްޖެއިން ބޭރުގައި އިސްތިހާރު ކޮށްގެން ޑޮކްޓަރުން ހޯދުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ނަމަވެސް ޑޮކްޓަރުންނަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ކުޑަކަމުން ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ބޭރުގެ ޑޮކްޓަރުން އުޒުރުވެރިވަމުންދާ ކަމަށެވެ. މީގެ ސަބަބުން މިވަގުތު ކުޑަކުދިންގެ ޑިޕާޓްމަންޓްގެ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނޭ.


މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.