މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ ކަމުގެ މަގާމަށް ހ. އާހަމަ، އިބްރާހިމް ޒިޔަތު އައްޔަން ކުރައްވައިފިއެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ރައްޒާގް ހަލީމް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސާފައިވާއިރު ޒިޔަތު އެމްޓީސީސީގެ ސީއީއޯ ކަމަށް ހަމަޖެއްސިކަން ޕްރަވަޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޒިޔަތު ކުރިން ހުންނެވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. އޭނާ އެމަގާމުން ވަކިކުރެއްވީ އޭޕްރީލް މަހުއެވެ.

އިބްރާހިމް ޒިޔަތަކީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އާއި ކުރިން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަބްދުﷲ ޒިޔަތުގެ ބޭބެއެވެ.