14 Jun 2016, 13:13
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރު އަދި ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރުގެ ވަރިވެއްޖެ އެވެ.
އެ ދެމީހުން ކައިވެނީގެ ގޮތުން ގުޅިފައި ވަނީ 2003 ވަނަ އަހަރު އެވެ. ގިނަ އަހަރުތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުމަށް ފަހު، ވަކިވެ ވަރިއަށް އެދި ހުށަހަޅާފައި ވަނީ 2014 ވަނަ އަހަރު އެވެ.
އެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާ އިރު، ދެ މީހުން ވަކިވުމަށް ފަހު ދެ ކުދިންގެ މައްސަލައިގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކޮށްފަ އެވެ.

ކަރިސްމާ އޭނާގެ ދެ ކުދިންނާ އެކު: ވަރިވުމަށްފަހު ކުދިންގެ ބެލެނިވެރިކަން ދީފައި ވަނީ ކަރިސްމާ އަށް --
ދިގު މުއްދަތަކަށް ފަހު، ދެމީހުންގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލައި ފެމެލީ ކޯޓުން ވަރިނަގައިދީފައި ވަނީ އިއްޔެ އެވެ. ކަރިސްމާގެ ވަކީލު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އަދި ދެމީހުންގެ ކުދިންގެ ބެލެނިވެރިކަން ހަވާލުކޮށްފައި ވަނީ ކަރިސްމާ އާއެވެ. ނަމަވެސް ޗުއްޓީތަކުގައި ދެ ހަފްތާއަށް ކުދިންނާ ބައްދަލުކޮށް ވަގުތު ހޭދަކުރުމުގެ ފުރުސަތު ސަންޖޭ އަށް ދީފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.