ބޭނުންވާ ތަކެތި:

  • 1 ޕެކެޓު ކޭކް މިކްސް
  • 3/4 ޖޯޑު ފެން
  • 1/3 ޖޯޑު ކައްކާ ތެޔޮ
  • 3 ބިސް (ބިހުގެ ހުދު ބައި)
  • 1 ޖޯޑު ސްޓޯބެރީ ޔޯގަޓް
ފްރޮސްޓިންގ ތައްޔާރު ކުރުމަށް:
  • 1 ދަޅު ވިޕްޑް ވެނީލާ ފްރޮސްޓިންގ
  • 4 ޖޯޑު ސްޓޯބެރީ

ތައްޔާރު ކުރާނެ ގޮތް:

176 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާށެވެ.

ބޮޑު ބޯތަށްޓެއްގައި ކޭކު އަޅަން ބޭނުން ކުރާ އެއްޗެހި އެއްކުރުމަށް ފަހު، ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު އަވަނަށް ލައި ފިހެލާށެވެ.

ކޭކު ފިހެވުމުން، އަވަނުން ނަގައި 10 ވަރަކަށް މިނެޓު ބޭއްވުމަށްފަހު ވަށައިގެން ތުނިކޮށް ކަފާލައި ކޭކު އެއްވަރުކޮށްލާށެވެ. އަދި ކޭކު މެދުން ކަފާލައި ދެބައި ކޮށްލާށެވެ. އެއަށްފަހު އެއް ގަޑިއިރު ވަންދެން ބަހައްޓާށެވެ.

އެއް ގަޑި އިރު ވުމުން ކޭކު ނަގައި، ކޭކުގެ އެއް ފަޅީގައި ވެނީލާ ފްރޮސްޓިންގ ހާކައި، އޭގެ މަތީގައި ސްޓޯބެރީ (ދެފަޅިކޮށްފައި) އަތުރާށެވެ. ދެން ކޭކުގެ އަނެއް ފަޅި އޭގެ މަތީގައި ބޭއްވުމަށްފަހު، މުޅި ކޭކު ވަށައިގެން ފްރޮސްޓިންގ އުނގުޅާށެވެ. އަދި މަތީގައި ސްޓޯބެރީ އަތުރާށެވެ. ކެއުމުގެ ކުރިން ފިނިކޮށްލާށެވެ.