ބޭނުންވާ ތަކެތި:

  • ޕިއްޒާ ފުއްގަނޑެއް
  • ސޮސެޖު (ތުނިކޮށް، ވައްކޮށް ކޮށާފައި)
  • ޗީޒް (ގާނާފައި)
  • ތެޔޮ
  • ޕިއްޒާ ސޯސް

ތައްޔާރު ކުރާނެ ގޮތް:

ފުށްގަނޑު ރަނގަޅަށް ދަމާލުމަށްފަހު، ބިއްލޫރިތަށްޓެއް ބޭނުންކޮށްގެން ވައްކޮށް ބައިބަޔަށް ކަފާށެވެ. އެއަށްފަހު ތައްޔާރުކުރި ފުށްކޮޅުތަކުގެ ތެރެއަށް ސޮސެޖު އަޅާށެވެ. ސޮސެޖު އެޅުމަށް ފަހު ޗީޒް އަޅައި ގުޅައަކަށް ވާގޮތަށް ބައްދާލާށެވެ. އެއަށްފަހު ތެލުލާށެވެ. ބޭނުން ނަމަ ފިހެގެން ވެސް މީރުވާނެ އެވެ. ތައްޔާރުވުމުން ޕިއްޒާ ސޯސް އާއެކު ކާލާށެވެ.