ދެ ދޮންދަރިންނާ އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެގެން ރ. އަތޮޅުގެ ރަށެއްގެ މީހަކު 15 އަހަރަށް ޖަލަށްލުމަށް އެ އަތޮޅު ރ. ރަސްމާދޫ ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ފުލުހުންނާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި، ރ. އަތޮޅު ފެމެލީ އެންޑް ޗިލްޑަރަން ސާވިސް ސެންޓަރުގެ މެނޭޖަރު ވިދާޅުވީ މީގެ އަށް މަސް ކުރިން ފެންމަތިވި މައްސަލައަކާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށްފަހު ކޯޓުގައި ޝަރީއަތް ހިންގި އެ މީހާގެ މައްޗަށް ހުކުމް ކުރީ އިއްޔެ ކަމަށާއި އެއީ ގާތްގަނޑަކަށް 40 އަރުން މައްޗަށް ގޮސްފައިވާ މީހެއް ކަމަށެވެ.

ޖަލަށް ހުކުމް ކުރި ދޮން ބައްޕަ އެއްޖިންސުން ގުޅުން ހިންގި ދެ ދޮންދަރިންގެ ތެރޭގައި ހިމެނެނީ 11 އަހަރުގެ ކުއްޖަކާއި 15 އަހަރުވެފައިވާ ކުއްޖެއް ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.

ރ. އަތޮޅުން 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި މީހާގެ ރަށުގެ ބައެއް މީހުން ބުނާ ގޮތުންނަމަ އެމީހާ އަކީ މީގެ ކުރިން ވެސް އެފަދަ ޢަމަލުތަކުގެ މާޒީ އެއް އޮތް މީހެކެވެ.