13 Jun 2016, 13:57
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ)ގެ ޗެއާމަން އަކަށް ސިނާން އަލީ ހަމަޖައްސައިފި އެވެ.
އެމްޓީސީސީގެ ބޯޑް މެމްބަރުގެ މަގާމުގައި ހުންނަވަނިކޮށް ސިނާން އިއްޔެ އެމަގާމުން ވަކިކުރައްވައި ސްޓެލްކޯގެ ޗެއާމަންކަން ހަމަޖެއްސިކަން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.
Today PCB has appointed Ibrahim Abdul Razzaq Haleem, as the Managing Director of MRDC & Sinan Ali as the chairman of STELCO
— Mohamed Nizar (@nixaar)June 13, 2016
ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމް ލިބިވަޑައިގެންފައިވާ ސިނާން އަކީ ސަން މީޑިއާ ގްރޫޕުގެ ސީއީއޯއެވެ.
ސްޓެލްކޯގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި މއ. ތަރިޖެހިއާގެ މުހައްމަދު އަފީފު ހުސައިން އެ މަގާމުން ވަކިކުރީ މިދިޔަ މަހު 18 ވަނަ ދުވަހު އެވެ.