13 Jun 2016, 12:29
ކާރާއި ސައިކަލުތައް ބޭނުންކޮށް މޮޅު ސްޓަންޓުތައް ޖެއްސުމަށް މަޝްހޫރު ބޮލީވުޑުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ، ކެންސަރު ޖެހިފައިވާ 10 ކުދިން އެޑޮޕްޓްކޮށްފި އެވެ.
އިންސާނިއްޔަތަށް މީގެ ކުރިން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވަ ރޯހިތު، ކެންސަރު ބަލީގެ 10 ކުދިން އެޑޮޕްޓް ކޮށްފައި ވަނީ، އިންޑިއާގެ ކެންސަރު ޖެހިފައިވާ މީހުންނަށް އެހީވާ ޖަމިއްޔާ، ކެންސަރު ޕޭޝަންޓްސް އެއިޑް އެސޯސިއޭޝަންގައި އޮތް ހަފްލާއެއްގައި ބައިވެރިވުމަށް ދައުވަތު ލިބުމުންނެވެ.
ހަފްލާގައި ބައިވެރިވުމަށް ދައުވަތު ލިބުމުން، އެއީ ކޮންކަހަލަ ހަފްލާއެއްތޯ އާއި އެ ޖަމިއްޔާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރޯހިތު ވަނީ މައުލޫމާތު ހޯދައިފަ އެވެ.
އަދި އެއަށް ފަހު ކެންސަރު ޖެހިފައިވާ 10 ކުދިން އެޑޮޕްޓުކޮށް އެކުދިންގެ ފަރުވާއަސް ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. އެ ޖަމިއްޔާ އިން ބުނީ އެކުދިންގެ ފަރުވާއަށް މިހާރު ވެސް ރޯހިތު ފަސް ލައްކަ ރުޕީސް ދީފައިވާ ކަމަށެވެ.
"ސިންގަމް"، "ޗެންނާއި އެކްސްޕްރެސް" އަދި "ގޯލްމާލް" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ރޯހިތު އާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް ކެންސަރު ޖެހިފައިވާ ކުދިން އެޑޮޕްޓުކޮށް އެ ކުދިންނަށް އެހީވާނެ ކަމަށެވެ.