13 Jun 2016, 11:03
"އޭ މާތްاللّـهގެرسولއާއެވެ!صفيّةގެ ބައްޕައާއި، ބޭބެއާއި، ފިރިމީހާއާއި ތިމާގެ އެތައްބަޔަކު އަޅުގަނޑުމެންގެ އަތުން ޤަތުލުވީ އިހަށްދުވަހުއެވެ. އެހެންވެصفيّةގެ ފަރާތްޕުޅުން ކަލޭގެފާނަށް ނުރައްކަލެއް ނުވަތަ ތުރާލެއް ފޯރައިފާނެތީ އަޅުގަނޑު ބިރުގަތީއެވެ. އެހެންވެ އަޅުގަނޑު ފާރަޔަށް ހުންނަނީއެވެ."
ކައުސާހިބާصلّى اللّـه عليه وسلّم، أبو أيّوب رضى اللّـه عنهގެ އެ ޖަޒުބާތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެކަލޭގެފާނަށް ހެޔޮދުޢާފުޅު ކުރެއްވިއެވެ.
މަދީނާގެ އަންހެނުންأمّ المؤمنينދެކޭން އައުން
ކުރިންވެސް ދެންނެވިފަދައިންأمّ المؤمنين السّيّدة صفيّة رضى اللّـه عنــهاޚައިބަރުން މަދީނާއަށް ދަތުރުކުރެއްވީ ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައެވެ. އިތުރު ސާހިބާ އެކަމަނާއަށް ނުހަނު އޯގާވެރިވެވަޑައިގެންނެވިއެވެ. ހެޔޮފުޅުކޮށް ހިއްތެވިއެވެ.أمّ المؤمنينވިދާޅުވެފައިވެއެވެ. "رسول اللّـه صلّى اللّـه عليه وسلّمއަށްވުރެ ޚުލުޤުފުޅު ހެޔޮ، އޯގާވެރި، ރަޙްމުވެރި އަނެކަކު ތިމަންކަމަނާ ދެކެވަޑައެއް ނުގަންނަވަމެވެ."
އިސްލާމީ ލަޝްކަރު މަދީނާއަށް އަންނަ ޚަބަރު ލިބުމުން ފައިއިނދޭ ފުރައިން މަދީނާގެ އެންމެން އެ ލަޝްކަރަށް މަރްޙަބާކިޔަން ނުކުތެވެ. ޚައިބަރު ފަތަޙަވުމުގެ އުފަލުގައި މުސްލިމުންގެ މޫނުތައްހުރީ އުފަލުން ފޮޅިފައެވެ. ވިދައި ބަބުޅައިފައެވެ. މުނާފިޤުންގެ މޫނުމަތީންވަނީ ހަނދު އޮއްސިފައެވެ.أمّهات المؤمنينގެ ކޮޓަރިކޮޅުތަކާއިالسّيّدة فاطمة الزّهراءގެ ގެކޮޅުގައި ކައުސާހިބާصلّى اللّـه عليه وسلّمއަށް ވަރުގަދަޔަކަށް އިންތިޒާރު ކުރެވެމުންދިޔައެވެ.
أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنهاއަށް އިތުރު ސާހިބާصلّى اللّـه عليه وسلّمޔަހޫދީ ރައީސެއްގެ ރީތި، ޅަ ޒުވާން ދަރިކަނބަލަކާ ކާވެނިބައްލަވައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމުން އެކަމަނާގެ ހިތްޕުޅުގައި ޖަޒުބާތީ ރާޅުބާންޏެއް އުފެދުނެވެ. ލަޠީފީ ޖިންސުގެ ޣީރަތު ހިތްޕުޅުގައި އުފެދުނެވެ.أمّ المؤمنين السّيّدة صفيّة رضى اللّـه عنــهاގޮވައިގެން އެއްވެސް އަނބިކަނބަލެއްގެ ގެކޮޅަށް ވަޑައިގަތުމަކީ މުނާސަބު ކަމެއްކަމަކަށް އިތުރު ސާހިބާصلّى اللّـه عليه وسلّمއަކަށް ފެނިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން، ސީދާ ވަޑައިގެންނެވީحارثة بن النّعمان رضى اللّـه عنــهގެ ގެކޮޅަށެވެ.އިތުރު ސާހިބާصلّى اللّـه عليه وسلّمއެގެކޮޅުގައި މަޑުކޮށްލެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ އައު އަނބިކަނބަލުން ދެކޭން މަދީނާގެ އަންހެނުންތައް އައެވެ. އެންމެންވެސް އެކަމަނާއަށް ތާރީފުކުރިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއިރުކޮޅަކު އަރާމުކޮށްލެއްވުމަށްފަހު އެކަލޭގެފާނުގެ އާދަފުޅުގެމަތިން ފައިންޕުޅު ބީއްސެވީ އެމާތް ސާހިބާގެ ލޮބުވެތި ދަރިކަނބަލުންالسّيّدة فاطمة الزّهراءގެ ގެކޮޅަށެވެ. އެގެކޮޅަށް ވަޑައިގެން މާފަބޭފުޅުންނާ ލޯބިކުރެއްވިއެވެ. އެއަށްފަހު އެކިއެކި އަނބިއަނބިކަނބަލުންގެ ގެކޮޅުތަކަށް ވަކިވަކީން ވަޑައިގެން ޙާލުކޮޅު ބެއްލެވިއެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنهاގެ ގެކޮޅަށް ވަޑައިގަތުމުން އެކަމަނާގެ ލޯފުޅުން ކޮންމެވެސް މިންވަރަކަށް ޣީރަތުގެ އަސަރު ފެނިވަޑައިގެންނެވިއެވެ. ނަމަވެސް އިތުރު ސާހިބާصلّى اللّـه عليه وسلّمއެ މައުޟޫޢުގައި އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.أمّ المؤمنينވަނީ ނިޤާބެއް ތުރުކުރައްވައިގެންحارثة بن النّعمان رضى اللّـه عنــهގެ ގެކޮޅަށް ވަޑައިގެންأمّ المؤمنين السّيّدة صفيّة رضى اللّـه عنهاބައްލަވައިލައްވައިފައެވެ. އިތުރު ސާހިބާއަށް އެކަމަނާ ފާހަގަކުރެއްވުނެވެ. ނަމަވެސް އެވަގުތު އެނގިވަޑައިގެންނެވިކަމަކަށް ނަހައްދަވައެވެ. އެހެންކަމުންعائشةގެފާނާ ސުވާލުކުރެއްވިއެވެ. "عائشةއެވެ!صفيّةކިހިނަކުންތޯއެވެ؟"عائشة رضى اللّـه عنهاޖަވާބު އެރުއްވިއެވެ. "އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ." އިތުރު ސާހިބާ އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ އަނބިކަނބަލުންނާ މުޚާޠަބުކުރައްވައި ޙަދީޘުކުރެއްވިއެވެ. "عائشةއެވެ! މީގެފަހުން ތިޔަހެން ވިދާޅުނުވާށެވެ!صفيّةއިސްލާމްދީން ޤަބޫލުކުރައްވައިފިއެވެ. އެކަމަނާ އިސްލާމްވެވަޑައިގަތީ ތެދުހިތްޕުޅުންނެވެ. އެކަމަނާއަކީ މިހާރު ޔަހޫދީއެއް ނޫނެވެ."
أمّ المؤمنين السّيّدة عائشة رضى اللّـه عنهاއަށް މިފަދަ ޝުޢޫރުތައް ފާޅުކުރެއްވެނީ އެކަމަނާ އިތުރު ސާހިބާصلّى اللّـه عليه وسلّمދެކެ ވެވަޑައިގަންނަވާ ފުންލޯބިފުޅުގެ ސަބަބުންނެވެ. މިބާވަތުގެ "ގޭތެރޭގެ މައްސަލަތަކުގައި"أمّ المؤمنين السّيّدة عائشة رضى اللّـه عنهاއާއިأمّ المؤمنين السّيّدة حفصة رضى اللّـه عنهاއަކީ ދެ ސިއްރުވެރީންނެވެ.
أمّ المؤمنينއެކަމަނާގެ ގެކޮޅުގައި
أمّ المؤمنين السّيّدة صفيّة رضى اللّـه عنــهاއެކަމަނާއަށްޓަކައި މަސްޖިދުއްނަބަވީއާ އިންވެގެން ހެއްދެވި ކޮޓަރިކޮޅަށް ބަދަލުވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ ރީތި ޚުލުޤުފުޅާއި މާތް ސިފަފުޅުތައް ހާމަކުރައްވަމުން ގެންދެވިއެވެ. އެކަމަނާ އުޅުއްވީ އެހެނިހެންأمّهاتންނާ ނުހަނު ގުޅިވަޑައިގެންނެވެ. އެކުވެރިވެވަޑައިގެންނެވެ. އެއްބައިވަންތަކަމުގައެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ލޮބުވެތި ދަރިކަނބަލުންالسّيّدة فاطمة الزّهراءއަށް ވަރަށް ޚާއްޞަ ލޯބިފުޅެއް ދެއްވިއެވެ. އެކަމަނާ ޚައިބަރުން ގެންނެވި ރަނުގެ ގަހަނާއިންفاطمة الزّهراءއަށް ހަދިޔާކުރެއްވިއެވެ. އިތުރު ސާހިބާގެ އެހެނިހެން އަނބިއަނބިކަނބަލުންނަށްވެސް ގަހަނާ ދެއްވިއެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنهاއާއި
أمّ المؤمنين السّيّدة حفصة رضى اللّـه عنهاއާ ގުޅުން ބަދަހިކުރައްވަން ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެ ދެބޭކަނބަލުންނާ ވަކީންބޮޑަށް ރަޙްމަތްތެރިކަން ބޭއްވެވިއެވެ.أبوبكر الصّدّيق رضى اللّـه عنهއާއި
عمر الفاروق رضى اللّـه عنهއާ ދެބޭކަލުންގެ ދެދަރިކަނބަލުންގެ ޙައިޘިއްޔަތުން އެދެބޭކަނބަލުންގެ އިޖްތިމާޢީ މަޤާމަށް އިޢްތިރާފުވެވަޑައިގެންނެވިއެވެ.
أمّهات المؤمنينގެ ޚުލުޤުފުޅު މާތްކަމާއި ތަޤްވާވެރިކަމުގެ ބޮޑުކަމާއެކުވެސް އެބޭކަނބަލުންނަކީވެސް އިންސާނުންނެވެ. އެހެންކަމުން އެބޭކަނބަލުންގެ މެދުގައިވެސް ހަތުރަނބީންގެ ގޮތުން ބައެއްފަހަރަށް ކުދިކުދި މައްސަލަތައް ދިމާވެއެވެ.
އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވި ދަތުރުފުޅެއްގައި އިއްތިފާޤުންالسّيّدة صفيّة رضى اللّـه عنهاގެ ޖަމަލުކޮޅު ބަލިވިއެވެ.السّيّدة صفيّةއެކަމާ ވަރަށް ދެރަފުޅުވިއެވެ. ކީރިތިކުރެއްވިއެވެ. ކައުސާހިބާ އެކަމަނާގެ އަރިހަށްވަޑައިގެން ހިތްވަރުދެއްވިއެވެ. އެކަމަނާގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ.أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنهاގެ އަތްޕުޅުގައި އިތުރު ޖަމަލު ހުއްޓެވެ. އެހެންކަމުން ކައުސާހިބާ
صلّى اللّـه عليه وسلّم، زينبގެ އަރިހުގައި ވިދާޅުވިއެވެ. "ކަމަނާصفيّةއަށް ޖަމަލެއް ދެއްވާށެވެ."السّيّدة زينب رضى اللّـه عنهاއަކީ ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. ނުހަނު މުރުއްވަތްތެރި ބޭކަނބަލެއްވެސްމެއެވެ. ނަމަވެސް އެދުވަހު ވީގޮތެއް ނޭނގުނެވެ. އެކަމަނާ ދެއްވީ ވަރަށް އާދަޔާ ޚިލާފު ޖަވާބެކެވެ. އެކަމަނާ ވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ. އަޅުގަނޑު އެ ޔަހޫދީ އަންހެނާއަށް އަޅުގަނޑުގެ ޖަމަލު ދޭންވީތޯއެވެ."
ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ބަސްފުޅާމެދު ވަރަށްބޮޑަށް ނުރުހުންވެވަޑައިގެންނެވިއެވެ. ދެމަހެއްހައިދުވަސް ވަންދެންالسّيّدة زينب رضى اللّـه عنهاއާ ބަސްފުޅެއްވެސް ވިދާޅުނުވެ ހުންނެވިއެވެ.السّيّدة زينب رضى اللّـه عنهاވިދާޅުވެފައިވެއެވެ. "ކައުސާހިބާصلّى اللّـه عليه وسلّمއެހާބޮޑަށް ހިތްޕުޅާ ހަމަނުކުރެއްވުމުން އަހަރެން ގާތްގަނޑަކަށް އުންމީދު ކެނޑޭގޮތްވިއެވެ. ދެން ދުވަހަކުވެސް އެފަދަ ބަހެއް ނުބުނާން ޢަޒުމް ކަނޑައެޅީމެވެ."السّيّدة زينبއަށް މަޢާފު ހޯއްދަވައިދެއްވީأمّ المؤمنين السّيّدة عائشة رضى اللّـه عنهاމެދުވެރިވެވަޑައިގެންނެވެ.
السّيّدة صفيّة رضى اللّـه عنهاއިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ އިސްތަށިފުޅުގައި ޔަހޫދިއްޔަތުގެ ތުހުމަތު އެޅުވުމަކީ އެކަމަނާ އެންމެ ދެރަފުޅުވާ ކަންތަކެވެ. ނަމަވެސް އެކަމަނާ އެފަދަ ވަގުތުތަކުގައިވެސް އިންތިހާދަރަޖަޔަށް ކެތްތެރިވެވަޑައިގެންނެވިއެވެ. ދުވަހަކުވެސް އެއްވެސްމީހަކަށް ރައްދެއް ނުދެއްވައެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنهاއާއިأمّ المؤمنين السّيّدة حفصة رضى اللّـه عنهاއާއި،أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها،أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަށް ޔަހޫދިއްޔަތާ ގުޅުއްވައިގެން މަލާމާތް ކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއާ ތިމާގެފުޅުކަމުގެ ވާހަކައިން ފަޚުރުވެރިވެވަޑައިގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަށް އެކަން އެނގިވަޑައިގެންނެވުމުންالسّيّدة صفيّةއަށް ޙަދީޘުކުރެއްވިއެވެ. ޖަވާބުގައި ކަމަނާ ވިދާޅުނުވީ ކީއްވެތޯއެވެ. "ތިމަންގެ ބައްޕައަކީهارونއެވެ. ތިމަންގެ ބޮޑުބޭބެއަކީموسىއެވެ. ތިމަންގެ ފިރިކަލަކީمحمّدއެވެ. އެހެންވީއިރު ތިޔަބޭކަނބަލުން ތިމަންކަމަނާއަށްވުރެ މޮޅުވާނީ ކޮންގޮތަކުންތޯއެވެ؟"
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާصلّى اللّـه عليه وسلّم، أمّ المؤمنين السّيّدة صفيّة رضى اللّـه عنــهاއަށް ވަރަށްބޮޑަށް މާތްކޮށް ހިއްތެވިއެވެ. އެއްއަހަރަކު ރަމަޟާންމަހުގެ ފަހުދިހައިގައި އިތުރު ސާހިބާ އިޢުތިކާފަށް އިންނަވަނިކޮށްأمّ المؤمنين السّيّدة صفيّة رضى اللّـه عنــهاކައުސާހިބާގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ. ކައުސާހިބާގެ އަރިހުގައި ވާހަކަ ދައްކަވަން އިރުކޮޅަކު އިންނެވިއެވެ. އެއީ ރޭގަނޑުގެ ވަގުތެކެވެ. އެހެންކަމުން އެކަމަނާގެ ގެކޮޅަށް އެރެހައްޓަވަން އިތުރު ސާހިބާ އެކަމަނާގެ އަރިހުގައި ބޭރަށް ނިކުމެވަޑައިގެންނެވިއެވެ. މިސްކިތުގެ ދޮރުކޮޅާހަމަޔަށް ވަޑައިގެންނެވުނުތަނާ އަންޞާރުންގެ ދެބޭކަލަކާ ދިމާވިއެވެ. އެދެބޭކަލުން އިތުރު ސާހިބާއަށް ސަލާމްކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمސަލާމުގެ ޖަވާބު ދެއްވުމުން، އެދެބޭކަލުން އެވަޑައިގަންނަވާކޮޅަށް ހިންގަވައިގެންނެވުމުން އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "އިހަށް މަޑުކޮށްލަބަލާށެވެ! މިއީ އަހަރެންގެ އަންހެނުންصفيّة بنتحُيَيُّއެވެ."(އިތުރު ސާހިބާصلّى اللّـه عليه وسلّمއެހެން ޙަދީޘުކުރެއްވީ
رسول اللّـه صلّى اللّـه عليه وسلّمރޭގަނޑަކު އަންހެނަކާ ވާހަކަދައްކަވާން ހުންނެވުމުން އެބޭކަލުން އެއްޗެކޭ ހީފުޅުކުރައްވައިފާނެތީއެވެ.) އެދެބޭކަލުން ވިދާޅުވިއެވެ. "سبحان اللّـهއެވެ! އަޅުގަނޑުމެން އެހެންގޮތަކަށް ހީކުރާންވީ ކީއްވެގެންތޯއެވެ؟" ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވިއެވެ.