ބޭނުންވާ ތަކެތި:

  • 1 ޕެކެޓް ޑަބަލް ޗޮކްލެޓު ކުކީ މިކްސް
  • ކުކީ މިކްސް ގިރުމަށް ފެނާއި، ތެޔޮ އަދި ބިސް (ޕެކެޓުގެ ބޭރުގައިވާ މިންވަރަށް)
  • 1 ޕެކެޓު ކުރީމް ޗީޒް
  • 1/3 ޖޯޑު ޕީނަޓް ބަޓަރު
  • 1/4 ޖޯޑު ހަކުރު
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 340ގ ވިޕްޑް ކުރީމް
  • 1/2 ޖޯޑު ޗޮކުލެޓް ސޯސް

ތައްޔާރު ކުރާނެ ގޮތް:

ކުކީ މިކްސްގެ ޕެކެޓުގެ ބޭރުގައިވާ ގޮތަށް ގިރުމަށް ފަހު ފިހެލާށެވެ. އެއަށްފަހު ހޫނުކަން ކެނޑެން ދެން ބަހައްޓާށެވެ.

ބޮޑު ބޯތަށްޓަކަށް ޗީޒް، ޕީނަޓް ބަޓަރ، ހަކުރު އަދި ވެނީލާ އެސެންސް އަޅައި ގިރާލާށެވެ. ހުރިހާ އެއްޗެއް ހިމުންވެ ރަނގަޅަށް އެއްވަންދެން ގިރަން ހަނދާން ބަހައްޓާށެވެ.

އެއް ޖޯޑު ވިޕްޑް ކުރީމް ނެގުމަށްފަހު، ބާކީ ހުރި ވިޕްޑް ކުރީމް ބޯތަށި ތެރެއަށް އަޅައި ގިރާލާށެވެ. އޭރުން ޕީނަޓް ބަޓަރ މިކްސް ތައްޔާރުވީ އެވެ.

އެއަށްފަހު ޓުރޭ އެއްގައި، ކުރިން ފިހުނު ކުކީތައް އަތުރާލާށެވެ. ރީތިކޮށް ކުކީތައް އެތުރުމަށްފަހު އޭގެ މަތީގައި ޕީނަޓް ބަޓަރ މިކްސް ފަތުރާލާށެވެ. އެއަށްފަހު އޭގެ މަތީގައި އަނެއްކާވެސް ކުކީތައް އަތުރާލައި، ކުކީތަކުގެ މަތީގައި ޕީނަޓް ބަޓަރ މިކްސް ފަތުރާލާށެވެ.

ނިމުމުން، ކުރިން ނެގި 1 ޖޯޑު ވިޕްޑް ކުރީމް އޭގެ މަތީގައި އުނގުޅާލާށެވެ.

އެއަށްފަހު އަށް ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓާށެވެ. ކާން ވުމުން އޭގެ މައްޗަށް ޗޮކުލެޓް ސޯސް އަޅާލާށެވެ.