13 Jun 2016, 10:00
މެލޭޝިއާގައި ރޯދަ މަހު ގަޔަށް ބާރު ހެދުން ލައިގެންނާއި ބުރުގާ ނާޅައި ނުވަތަ އިސްތަށި ގަނޑު ނިވާނުކޮށް މަގުމަތީގައި އުޅުނު 31 އަންހެނަކު ހައްޔަރުކޮށްފި އެވެ.
މެލޭޝިއާގެ ސިން ޗިއު ޑެއިލީ އާ ހަވާލާދީ ޖަރުމަނުގެ ޑީޕީއޭ އިންޓަނޭޝަނަލްގައި ރިޕޯޓްކޮށްފައި ވަނީ، ހެދުން އެޅުމުގެ އުސޫލްތަކާ ހިލާފުވެގެން ބަޔަކު ހައްޔަރު ކުރީ އެ ގައުމުގެ އުތުރުގައި އޮންނަ ކެލަންޓަން ސްޓޭޓުން ކަމަށެވެ.
ހައްޔަރުކުރި އަންހެނުންގެ ތެރެއިން 24 މީހަކަށް އިންޒާރު ދިނުމަށް ފަހު ދޫކޮށްލާފައިވާ އިރު ދެން ތިބި މީހުން ދޫކޮށްލީ ކައުންސިލިން ދިނުމަށް ފަހު ކަމަށް އެ ނޫހުން ބުނެ އެވެ. ނަމަވެސް އެއީ ކޮންއިރަކު ހައްޔަރުކުރި ބައެއް ކަމެއް ބުނެފައެއްނުވެ އެވެ.
މެލޭޝިއާގެ ނޫސްތަކުގައި ބުނީ، އެކަށީގެންނުވާ ގޮތްގޮތަށް ހެދުން އެޅުމުގެ މައްސަލަތައް ރޯދަ މަސް ނިމެންދެން ބަލަމުންދާނެ ކަމަށެވެ.
ގާތްގަނޑަކަށް 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިއާގެ 60 ޕަސެންޓް މީހުންނަކީ މުސްލިމުންނަށްވާ އިރު، ރޯދަ މަހު، ރޯދަ އަށް ނުހުރެ ކައިފި މީހަކު 500 ރިންގިޓް (122 ޑޮލަރު) އިން ޖޫރިމަނާ ކުރެ އެވެ.