12 Jun 2016, 22:17
އޮރްލާންޑޯ (ޖޫން 12): އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ކްލަބެއްގައި ބަޑިން ހަމަލާދީ 50 މީހަކު މަރާލައިފި އެވެ.
ފްލޮރިޑާގެ އޮރްލާންޑުގައި ހުންނަ ޕަލްސް ކްލަބަށް އެ ހަމަލާ ދިނީ އަފްގާނިސްތާނު އާއިލާއަކަށް ނިސްބަތްވާ އެމެރިކާ ރައްޔިތެއް ކަމަށްވާ އުމަރު މަތީން ކަމަށް އޮފިޝަލުން ބުންޏެވެ. މަތީން ކްލަަބު ތެރޭގައި ބަޔަކު ރަހީނު ކުރުމުން އޭނާއާ ފުލުހުންނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުންތަަކެއްގައި މަތީން ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
ފަންސާސް މީހަކު މަރުވި އެ ހަމަލާގައި 53 މީހަކަށް އަނިޔާވި އެވެ. ފުލުހުން ވަނީ އެހަމަލާއަކީ ފަހުގެ ތާރީހުގައި އެމެރިކާއަށް ދިން އެންމެ ބޮޑު ބަޑީގެ ހަމަލާ ކަމަށާއި އެއީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައ ސިފަކޮށްފަ އެވެ.
ހަމަލާއާ ގުޅިގެން އޮރްލާންޑޯގެ މޭޔަރު ބަޑީ ޑަޔާ ވަނީ ސިޓީގައި ކުއްލި ހާލަތު އިއުލާން ކުރައްވާފަ އެވެ. އަދ މުޅި ފްލޮރިޑާ ސްޓޭޓުގައިވެސް ކުއްލި ހާލަތު އިއުލާން ކުރުމަށް ގަވަރުނަރުގެ ފަރާތުން އެދިވަޑާއިގެންފައިވާ ކަމަށް ޑަޔާ ވިދާޅުވި އެވެ.
އޮރްލާންޑޯގެ ފުލުހުންނާއި އެފްބީއައި އިން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ. (ބީބީސީ)