ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމާއި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި ހަލީމާއި އެމްއާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ނަޒީމު މިއަދު އެ މަގާމުތަކުން ދުރުކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެ ދެ ބޭފުޅުން މަގާމުން ވަކި ކުރެއްވި ސަބަބެއް ނިޒާރު ހާމަކުރައްވާފަ އެއް ނުވެ އެވެ.

އެމްޓީސީސީގެ ސީއީއޯ ހަލީމާއި އެމްއާރްޑީސީގެ އެމްޑީ ނަޒީމު މަގާމުން މިއަދު ވަކި ކުރައްވާފައިވާއިރު އެމްޓީސީސީގެ ބޯޑު މެމްބަރެއްގެ މަގާމުގައި ހުންނެވި ސިނާނު އަލީ ވެސް ވަނީ ބޯޑު މެމްބަރުކަމުން މިއަދު ވަކި ކުރައްވާފަ އެވެ.