ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ޝަރީޢަތްކޮށް، ހުކުމް ކޮށްފައިވާ އިރު، އޭނާގެ މައްޗަށް ހިންގި ޝަރީޢަތްތަކާ މެދު ކަންބޮޑުވާ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ، އޭނާ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ ހުކުމް ކޮށްފަ އެވެ. އެއީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އަދީބު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުނު މައްސަލާގައި އިއްވި ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، . އެއީ ޖުމްލަ 25 އަހަރެވެ.

އަދީބުގެ މައްޗަށް ކުރި ޝަރީޢަތްތަކާ މެދު ކަންބޮޑުވެވަޑައިގެން، އިނގިރޭސި ވިލާތުގެ ފޮރިން އަދި ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދީބުގެ ޝަރީޢަތްތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ސަބަބަކަށް މިނިސްޓަރު ސްވަޔާ ވިދާޅުވެފައި ވަނީ ޝަރުއީ އިޖުރާއަތްތައް އިންސާފުވެރިކަމާ އެކު ފުރިހަމަ ކޮށްފައި ނުވުމާއި ޝަރީއަތަކީ ދެފުށް ފެންނަ ޝަރީޢަތަކަށް ނުވުމެވެ.

އަދީބުގެ ޝަރީޢަތުގެ ބައެއް އަޑުއެހުންތައް ގައުމީ ސަލާމަތަށް ޓަކައި ސިއްރު ކޮށްފައިވާ އިރު، ފިނިފެންމާ ލޯންޗުކޮޅުގައި އައިއީޑީ ގޮއްވާލި މައްސަލާގައި އަދީބުއާއި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް ހުކުމް ކުރީ ވެސް ސިއްރު ޝަރީއަތެއްގަ އެވެ.

ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް އައި އިރު އޭނާގެ ދެ ބޮޑީގާޑުން މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރުގެ މައްޗަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ.