01 May 2010, 15:29
14:30
ގައުމީ ޕާޓީގެ ކޮންރެސްއާއެކު މި ފެއްޓެވީ ގައުމުގެ ހަގީގީ މަގާމަށް ގައުމު ގެންދިއުމުގެ މަސައްކަތް ކަމަށް ކުރީގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރ ކަން ކުރައްވާފައިވާ، އަދި މިހާރުގެ ސަރުކާރުގެ ސިވިލްއޭވިއޭޝަން މިނިސްޓަރ ކަންކުރެއްވި، ގައުމީ ޕާޓީގެ ކައުންސިލް މެންބަރ ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އަލިލެންޑް ރިސޯޓްގައި ގައުމީ ޕާޓީގެ ކޮންރެސް ފައްޓަވައިދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ރާއްޖެއަށް ތާރީހީ ބަދަލުތަކެއް އައިސްފައިވާއިރު މި ވަގުތަކީ، އެ ބަދަލުތައް ހިނގަމުންދާ ނިޒާމާމެދު ސުވާލު އުފެދިފައިވާ ވަގުތެއް ކަމަށެވެ. އެހެންކަމުން މަސައްކަތް ފެށިގެން މިދަނީ ވަރަށް މުހިއްމު ވަގުތެއްގައި ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި މިއަދަކީ މަސއްކަތް ތެރިގެން ދުވަސްކަން ފާހަކަ ކުރައްވައި، މިއަދު މަސައްކަތް މި ފައްޓަވަނީ މަސައްކަތްތެރިންގެ މަސައްކަތް އާ ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.