11 Jun 2016, 10:07
ބޭނުންވާ ތަކެތި:
- އަލަނާސި ކުދިކޮށް ކޮށާފައި (ދަޅު ނުވަތަ ތާޒާ އަލަނާސި)
- 1 ދޮންކެޔޮ
- 1 1/2 ޖޯޑު ކިރު (ފިނިކޮށްފައި)
- 4 ސްކޫޕް ވެނީލާ އައިސްކްރީމް
- ހަކުރު
ތައްޔާރު ކުރާނެ ގޮތް:
ތޮށި މެށުމަށްފަހު ދޮންކެޔޮ ބޮޑެތިކޮށް ފޮތިކުރާށެވެ. އެއަށްފަހު އަލަނާސި، ދޮންކެޔޮ، ކިރު އަދި ހަކުރު މިކްސަރަށް އަޅައި ހިމުން ވަންދެން ރަނގަޅަށް ގިރާލާށެވެ.
ރަނގަޅަށް ގިރުމުން އޭގެ ތެރެއަށް އައިސްކްރީމް އަޅައި އަލުން ގިރާލާށެވެ. އޭރުން ޕައިންއެޕަލް މިލްކްޝޭކް ތައްޔާރުކޮށް ނިމުނީ އެވެ.
ތައްޔާރު ކުރަން ހޭދަވާނެ ވަގުތު: ހަތް ވަރަކަށް މިނެޓު
ސާވިންގްސް:2