11 Jun 2016, 09:54
ބޭނުންވާ ތަކެތި:
1 ޖޯޑު ފުށް
1/2 ޖޯޑު ހަކުރު
- 2 މޭޒުމަތީ ސަމުސާ ބޭކިން ކޮކޯ
- 2 ސައިސަމުސާ ބޭކިން ޕައުޑަރު
- 1/2 ސައިސަމުސާ ލޮނު
- 1/2 ޖޯޑު ކިރު
- 2 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
- 1 ސައިސަމުސާ ވެނީލާ އެސެންސް
- ބޭނުން ވައްތަރެއްގެ ނަޓްސް (ކުދިކޮށް ކޮށާފައި)
- 3/4 ޖޯޑު ބްރައުން ޝުގާ
- 1/4 ޖޯޑު ބޭކިން ކޮކޯ
- 1 1/2 ޖޯޑު ހޫނު ފެން
- ތައްޔާރު ކުރާނެ ގޮތް:
ބޯތަށްޓެއްގައި ހަކުރު، 2 ސައިސަމުސާ ކޮކޯ އަދި ބޭކިންގް ޕައުޑަރު އަދި ލޮނު އެއްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ކިރާއި، ތެޔޮ އަދި ވެނީލާ އެސެންސް އަޅައި ރަނގަޅަށް ގިރާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރުމުން އޭގެ ތެރެއަށް ނަޓްސް އަޅައި އެއްކޮށްލާށެވެ.
އެއަށް ފަހު ސްލޯ ކުކަރެއްގައި އެއްވަރަށް ފަތުރާލާށެވެ.
ކުޑަ ބޯތަށްޓެއްގައި ބުރައުން ޝުގާ އާއި 1/4 ޖޯޑު ކޮކޯ އެއްކުރުމަށް ފަހު އޭގެ ތެރެއަށް ހޫނު ފެން އަޅައި ރަނގަޅަށް ހިމުން ވަންދެން ގިރާލާށެވެ. އެއަށް ފަހު ޓްރޭގައި ފަތުރާލި ފުށްގަނޑުގެ މައްޗަށް ކޮކޯ ކްރީމް ގަނޑު އަޅައި އެއްވަރަށް ފަތުރާލާށެވެ.
މަތި ޖެހުމަށް ފަހު ދެގަޑި އިރާ ތިރީސް މިނެޓު ވަންދެން ކައްކާލާށެވެ.
ރަނގަޅަށް ފިހެވުމުން ސްލޯ ކުކަރު ނިއްވާލުމަށް ފަހު ކޭކުގެ ހޫނުކަން ކެނޑެން ދެން ބަހައްޓާށެވެ. ހިހޫ ވުމުން ސާވް ކުރާށެވެ.
*ސްލޯ ކުކަރެއްގެ ބަދަލުގައި އާދައިގެ ޕްރެޝާ ކުކަރެއް ވެސް ބޭނުންކުރެވިދާނެ އެވެ.