ބޭނުންވާ ތަކެތި:

1 ކިލޯ އަލުވި

2 މޭޒުމަތީ ސަމުސާ ބަޓަރު

1 ޖޯޑު ކިރު

ލޮނުކޮޅެއް

އަސޭމިރުސް ކޮޅެއް

ތައްޔާރުކުރާނެގޮތް

އަލުވިތައް ތޮށި މަށައި ހަތަރު ފަޅިއަށް ފަޅާލާށެވެ. އެއަށް ފަހު އުނދުން މައްޗަށް ފެން ތެއްޔެއް އުދައި، ރަހަ ލާ ވަރަށް ލޮނު އެޅުމަށް ފަހު އޭގެ ތެރެއަށް އަލުވިތައް އަޅައި ކައްކާލާށެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ކެއްކުމަށް ފަހު އަލުވިތައް މަޑުވުން އުނދުން މަތިން ބާލާށެވެ. އަދި އަލުވިތައް ފެނުން ނަގައި ހިއްކާކާށެވެ.

ތަވައަކަށް ބަޓަރު އަދި ކިރު އެޅުމަށް ފަހު ބަޓަރު އެއްކޮށް ވިރެންދެން ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ކުރިން ފެނު ކެއްކި އަލުވިތައް އަޅައި، ޕޮޓޭޓޯ މޭޝާ އަކުން ހުރިހާ އެއްޗެއް އެއްވަންރުގެ ލޮނު ކޮލަކާއި އަސޭމިރުސް ކޮޅެއް އަޅާލާށެވެ.

ތައްޔާރު ކުރަން ހޭދަވާނީ: 35 މިނެޓު

ސާވިންގްސް: ހަތަރެއް