Last Updated: 9 year 5 month ago
Last Updated:
9 year 5 month ago
ފުލްޓައިމް: ފްރާންސް 2-1 ރޫމޭނިއާ
ޔޫރޯ 2016ގެ ފުރަތަމަ މެޗުގައި ފްރާންސާއި ރޫމޭނިއާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރިންނަށް މަރުހަބާ!
ފްރާންސްގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ މެޗަށް މި ދެޓީމު ނުކުންނައިރު:
ޔޫރޯ އަށް ފްރާންސް ކޮލިފައިވެފައި ވަނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި.
- ޔޫރޯ އަށް ރޫމޭނިއާ ކޮލިފައިވެފައި ވަނީ ކޮލިފިކޭޝަން ބުރުގެ "ގްރޫޕް އެފް"ގެ ދެވަނައިގެ ގޮތުގައި. އެ ޓީމު ކުޅުނު ދިހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، ފަސް މެޗުން ވަނީ އެއްވަރުވެފައި. ކޮލިފައިންގައި އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ އިރު، އެ ޓީމަށް ލިބިފައި ވަނީ 20 ޕޮއިންޓް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ލަނޑުން ފްރާންސް ކުރީގައި އޮވެގެން.
90+"- ފްރާންސްއިން ބަދަލެއް ގެނެސްފި. ޕަޔެޓްގެ ބަދަލުގައި ކުޅެން ނުކުތީ މޫސާ ސިސޯކޯ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓް ދައްކައިފި.
ޕަޔެޓް އެ ލަނޑު ކާމިޔާބުކުރީ ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އުފެއްދި ބާރު ހަމަލާއަކުން.
88"- ފްރާންސް އިން ލީޑު ހޯދައިފި. ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕަޔެޓް.
81"- ޖިރޫ ދިން ބޯޅައަކުން ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން މޭޝިއަލް އުފެއްދި ހަމަލާގައި ބާރެއް ނެތް. މާޝިއަލް އުފެއްދި ހަމަލާ، ފަސޭހަކަމާއެކު ރުމޭނިއާގެ ކީޕަރު ވަނީ ހޯދައިފަ.
76"- ފްރާންސްއިން ބަދަލެއް ގެނެސްފި. ޕޮގްބާގެ ބަދަލުގައި ކުޅެން ނުކުތީ އެންތޮނީ މާޝިއަލް.
65"- ރުމޭނިއާ އަށް ލިބުނު ޕެނަލްޓީން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޓެންކޫ.

64"- ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސްޓެންޗޫ އަށް އެވްރާ ކުރި ފައުލަކާ ގުޅިގެން ރުމޭނިއާ އަށް ޕެނަލްޓީއެއް ލިބިއްޖެ.

ޖިރޫ އެ ލަނޑު ކާމިޔާބުކުރީ ޕަޔެޓް ނަގައިދިން ހުރަހަކުން ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުން.

57"- ފްރާންސް އިން ލަނޑު ޖަހައިފި. ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮލިވާ ޖިރޫ.
56"- ފްރާންސަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިއްޖެ. ޕަޔެޓް ދިން ބޯޅައަކުން ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕޮގްބާ އުފެއްދި ހަމަލާ، ކީޕަރު ޓަޓަރުސަނޫ ވަނީ މަތަކޮށްފަ.

52"- ޖިރޫ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޕަޔެޓް ދިން ބޯޅައަކުން ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖިރޫ އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ޓަޓަރުސަނޫގެ އަތަށް.

47"- ރުމޭނިއާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ސްޓެންކިއު ދިން ބޯޅައަކުން ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ސްޓެންކޫ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.



މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.
+45" - ފްރާންސަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޖިރޫ ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

45" - ޖިރޫ އަށް ކުރި ފައުލަކާ ގުޅިގެން ރުމޭނިއާގެ ރަޒްވަން ރަޓް އަށް ރީނދޫ ކާޑެއް ދައްކައިފި.

44" - ރުމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕޮގްބާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ފައި ބޯޅައިގައި ލައްވައެއް ނުލި.
36" - ފްރާންސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޕަޔެޓް ދިން ބޯޅައަކުން ރުމޭނިއާ ޕެނަލްޓީ އޭރިޔާ ތެރެއިން ގްރީޒްމަން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
މެޗުގެ 25 މިނެޓުގެ ކުޅުން ނިމުނުއިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ފްރާންސް އިން.
ރުމޭނިއާގެ ފުރަތަމަ 11:
ސިޕްރިއަން ޓަޓާރުސަނޫ - ގޯލްކީޕަރު
- ވްލަޑް ޗިރިޗެޝް
- ކްރިސްޓިއަން ސަޕުނަރޫ
- ޑްރެގޮސް ގްރިގޯ
- ރަޒްވަން ރާޓް
- މިހައި ޕިންޓިލިއާއި
- ނިކޮލާއީ ސްޓެންޗޫ
- އޮވިޑިއު ހޯބަން
- އެޑްރިއަން ޕޮޕާ
- ބޮގްޑަން ސްޓެންކޫ
- ފްލޮރިން އެންޑޯން
14" - ފްރާންސަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ޕޮގްބާ ނަގައިދިން ހުރަސް، ގްރީޒްމަންގެ ބޮލުގައި ފުރަތަމަ ލައްވާ ލާފައެއް ނުވޭ. ރޫމޭނިއާ ޑިފެންޑަރެއް ގައިގައި ޖެހިފައި ލިބުނު ބޯޅައިން، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ގްރީޒްމަން ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

ފްރާންސްގެ ފުރަތަމަ 11:
ހޫގޯ ލޯރަސް - ގޯލްކީޕަރު / ކެޕްޓަން
- އާދިލް ރަމީ
- ބެކަރީ ސަންޔާ
- ޕެޓްރިކް އެވްރާ
- ލޯރެންޓް ކޮޝިއެލްނީ
- ބެލަސީ މަޓުއިޑީ
- ޕައުލް ޕޮގްބާ
- އެން ގޯލޯ ކަންޓޭ
- އެންޓޯނިއާ ގްރީޒްމަން
- އޮލިވާ ޖިރޫ
- ޑިމިޓްރީ ޕަޔެޓް
4" - ރޫމޭނިއާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ބޮޑްގާން ސްޓެންކޫ އަށް ލިބުނު ފުރުސަތަކުން ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާ، ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ.
މެޗުގެ ކުޅުން ފަށައިފި